
ކާމިިޔާބު އަތްބަކަށް ވާން ބޭނުންނަމަ މިގޮތް އިޙްތިޔާރު ކުރާށެވެ !
ﷲ ސުބުހާނަހޫ ވަތައާލާ އަންހެނުން އުފައްދަވާފައިވަނީ ބުރުސޫރަ ރީތިބައެއްގެ ގޮތުގައެވެ. ރީތިކަމަކީ އަންހެނުންނަން ދެއްވާފައިވާ އަގުބޮޑު ހަދިޔާއެކެވެ. އެ ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ތިބާގެ ފިރިމީހާ އިހްތިޔާރު ކުރާށެވެ.
ފިރިމީހާ މަސައްކަތުން އެނބުރި އަންނައިރު ހިނިތުން ވެފައިވާމޫނަކާ އެކު ބައްދަލުކުރާށެވެ.
ފިރިމީހާ މަސައްކަތް ނިންމާލުމަށްފަހު އެނބުރި ގެއަށް އަންނައިރު ގޭތެރެ ސާފުކޮންބާއްވަން އާދަކުރާށެވެ. ދަރިން ފެންވަރުވާ ނަލަހައްދާށެވެ. ސުފުރާމަތި ތިޔާގިކޮށް ބަހައްޓާށެވެ. (ގޭގެ ލިބެންހުރި އެއްޗަކުން) މިގޮތާ އިދިކޮޅަށް ގޭގެ ހާލަތު ފެންނަން އޮވެއްޖެނަމަ ވާނެގޮތް ތަސައްވަރު ކޮށްލައްވާށެވެ.
ވީވަރަކުން ހޫރަލްއީނުންގެ ސިފަލިބިގަނެވޭތޯ ބަލާށެވެ.
ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ހޫރަލްއީނުންގެ ބައެއްސިފަ ވަނީ ހާމަކޮށްދެއްވާފައެވެ. ތިބާވެސް (ވީވަރަކުން) ލޮލުގެ ކަޅިރަވާގައި އަނދުންއަޅާ ނަލަހެދޭށެވެ. މީރުވަސްދުވާ ހުވަނދެއްލާ ފަށުއި ފޮތީގެ ހެދުން ލާށެވެ. (އަތުގައިވާނަމަ)
ފިރިމީހާ އެކު ޖޯކުކިޔާ މަޖާކޮށް ގޭމް އެއްޗެހި ކުޅޭށެވެ.
ފިރިހެނުންގެ ސިއްރު- ފިރިހެނުން ބޮޑަށް ގަޔާވަނީ ހިތްތިރި މަޑުމައިތިރި ވިސްނުންތޫނު އަންހެނުންނާއެވެ. ރަސޫލާ ޖާބިރުގެފާނަން ހަދީޘްކުރެއްވިއެވެ. ”މިހަކާއިންނައިރު އެމީހަކީ ތިބާއާއެކު މަޖާކުރެވޭވަރު މީހަކާ އިންނާށެވެ. އަދި ތިބާއަށް އެމީހަކާއެކު މަޖާކުރެވޭވަރު މީހަކާ އިންނާށެވެ”.
ފިރިމީހާ ކުރާ ރަނގަޅު ކަންތައް ފާހަގަކޮށް ޝުކުރުވެރިވާށެވެ.
ފިރިމީހާ އުފަލުގައި ބެހެއްޓުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިދިކޮޅު ޚިޔާލުކޮށް ޝަކުވާކުރުމީ ފިރިމީހާގެ ރުޅިއާއި ނަފުރަތާ ކަމެކެވެ. އެކަހަލަ އަންހެނުންނަކީ ގެއްލުމުގެ ތެރޭންވާބައެކެވެ.
ފިރިމީހާއާާ ޖަދަލު ނުކުރާށެވެ. ކަމެއްގޯސްކޮށް ކުރެވިއްޖެނަމ (ތިމާގެ ކުށަކަށް ނުވިއަސް) މައާފަށް އެދޭށެވެ.
މައްސަލައެއް ޖެހިއްޖެނަމަ އެކަމަކާމެދު ޖަދަލު ނުކުރާށެވެ. ރޯވަމުންދާ އަލިފާނަން ދަރުއެޅުމުން ހުޅުގަނޑުވާނީ ހައްތަހާ ބޮޑެވެ. އޭގެ ބަދަލުގައި ލޯތްބާއެކު ހިނިތުންވެފާ މައާފަށް އެދޭށެވެ. ފިރިމީހާގެ ހިތްމައިތިރިކުރުމަށް މަޑުމައިތިރިކަން އިހްތިޔާރުކުރާށެވެ.
ފިރިމީހާ ބޭނުންވާ ކަމެއް އޮތްތޯ ބަލާ އަވަހަށް އެކަމެއް ކޮށްދޭށެވެ.
ރަސޫލާގެ ސުންނަތުން އެނގޭގޮތުގައި މަރުވާހިނދު ފިރިމީހާގެ ރުހުންލިބިގެން މަރުވާ އަންހެނާ ސުވަރުގެ ވައްދަވާނެތެވެ. ފިރިމީހާގެ ރުހުންހޯދުމުގައި ބޭނުންވާ ކައްތައްތައް ފުއްދައިދިނުމީ މުހިންމު ކަމެކެވެ. އެއީ އެއްދާންކުރުން ކަމުގައިވިއަސް އަދި ގޭތެރޭގެ ކަންތަކުގައި ވެސްމެއެވެ.
ފިރިމީހާގެ ބަސް އަހާ ކިޔަމަންވާށެވެ.
ފިރިމީހާއަށް ކިޔަމަންވުމީ އަނބިމީހާއަށް ވާޖިބެކެވެ. ފިރިމީހާއަކީ އާއިލާގެ އަމީރެވެ. (އިސްފަރާތެވެ) ފިރިމީހާއަށް އެހައްގު ދޭށެވެ. އަދި އޭނާއަށް އިހްތިރާމް ކުރާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآَخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ”
މާނައީ: “ހެޔޮކަމުގެ ތެރެއިން ފިރިހެނުންނަށް އަންހެނުން އަދާކުރަންޖެހޭ ޙައްޤުތައް ފަދަ ޙައްޤުތައް ފިރިހެނުންގެ ފަރާތުން އަންހެނުންނަށްވެސް ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް (އެބަހީ އެކަނބަލުންނަށް ވުރެ މާތް އިތުރު) ދަރަޖައެއް ފިރިހެނުންނަށް ވެއެވެ.”
ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ފިރިމީހާ އޭނާގެ އަންހެނުންނަށް ކަމަކަށް ގޮވާލާ ހިނދު، އެކަމަނާ އައުން ހުއްޓެވެ. އަދި އޭރު ބަދިގޭގައި އުނދުންދޮށުގައި ވީނަމަވެސް މެއެވެ”.
އަންހެނުންގެ ނިސްބަތުން ފިރިހެނުންގެ ޤަދަރު ބޮޑުކަމާއި އަދި މާތްކަން ބަޔާންކުރައްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރަން ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރިންނަށް ސަޖިދަކުރާން އެންގެވީމުހެވެ. އެއީ ފިރިހެނުންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ.”
ތިބާގެ ކައިވެނީގެ ގުޅުން ދަމަހައްޓަވައި ދެއްވުން އެދި ﷲ ހަޟްރަތުގައި ދުޢާ ދަންނަވާށެވެ.
ހުރިހާ ރަގަޅުކަމެއްގެ މިލްކުވެރި ފަރަތަކީ ﷲ އެވެ. ﷲ އަޟުރަތުގައި ދުޢާ ދަންނަވަން ހަނދާންނަންތާ ނުލާށެވެ. ތިބާގެ ގުޅުން ކާމިޔާބުވުމަށް ﷲ ހަޟުރަތުގައި ދަންނަވާށެވެ. ދުނިޔެއާއި އާޚިރުގައި ކާމިޔާބުވާނީ އޭރުންނެވެ.
ރެފަރެންސް: ކޭއެލް



