ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއައި ބޮލީވިއާ އަންހެނަކާއި ދިވެހި ފިރިހެނެއްގެ ފޮށިތަންމަތީގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ދެ ކޭސްއެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި ބޮލީވިއާ އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ފޮށިތަންމަތިން 2.8 ކިލޯގެ މަސްތުވާތަކެތިވަނީ ފެނިފައެވެ. އަދި ތަކެތި ތަޙުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހި ފިރިހެންމީހާއަކީ މިމަހުގެ 10 ވަނަ ދުވަހު އެމިރޭޓްސް ފްލައިޓުން ރާއްޖެއައި މީހެއް ކަމަށާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 840 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އެތަކެތި ތަޙުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންބުނީ މިދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ޙަވާލުކުރެވިފައިވާ ކަމަށާއި އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރައްވަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މިދެކޭސް އަތުލައިގަތުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވެދެއްވި އެހީތެރިކަން އެ އިދާރާއިން ފާހަގަކުރެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.