
މީދޫ ބޮޑުޖާފަތް. ޘަޤާފަތް ދައްކުވައިދީފި
އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކަަކީ މި ޒަމާނުގެ ކުދިންނަށް ވަރަށް ބޯދާ ކަންތައްތަކެވެ.
އެހެންނަވެސް އެފަދަ ކަންތައް ދިރުވާ އާލާކުރަން މަސައްކަތްތަކެއްކުރާ ޒުވާނުން ކޮންްމެވެސްވަރަކަށް އުޅޭކަން ރ. މީދޫގައި މިއަދު ހެނދުނު ފެނުނު މަންޒަރުން ވަރަށްބޮޑަށް ހާމަވިއެވެ.
މިއަދު ހެނދުނު ބޮޑުޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށްފަހު، މިރަށުގައި ދެންއޮތީ ހޮޑުޖާފަތަށް ދިއުމެވެ.
އިހުޒަމާނުގައި ބޮޑުމާލޫދަށް ކެއުން ދައްކުވައިދީ އޭރުގެ ހަނދާންތައް އާކޮށްދިން މި ހަރަކާތުގައި މިރަށުގެ ކުދިބޮޑު އެންމެންވަނީ ބައިވެރިވެފައެވެ.

ކޮންމެ ގެއަކުންވެސް ހެނދުނުގެ ނާސްތާއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށްފަހު، އިރުމަތީ އަވަށު ޖަމިއްޔާގެއަށް ޖަމާވެ، ޞަލަވާތް ފާތިޙާ ކިޔެވުމަށްފަހު، ނާސްތާ ކުރިއަށް ގެންދިޔައީ އެކުވެރި މާޙައުލެއްގައެވެ. އަދި މިއީ ތާރީޚާއި ޘަޤާފަތް ދައްކުވައިދިން ރިވެތި ނަމޫނާއެކެވެ.
މިގޮތަށް ޖާފަތަށް ދިއުން މިރަށުގައި ފާހަގަކުރާ މިއީ 4 ވަނަ އަހަރެވެ. އަދި މިއީ މިރަށުގެ ޒުވާނުންގެ އިސްނެގުމަކަށް ދޮށީޢުމުރުގެ މީހުންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކޮންމެ އަހަރެއްގެވެސް ބޮޑުޢީދު ފާހަގަކުރުމަށް މީދޫގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގައެވެ.
އޭގެތެރޭގައި ޘަޤާފީ ކުޅިވަރުތަކާއި ޒަމާނީގޮތައް ހިމެނެއެެވެ. ޘަޤާފީ ކުޅިވަރުތައް ގެނެސްދެނީ އޭގެއަސްލަށް ބަދަލު ނުގެނެސް ޒަމާނީ ކުލަވަރު ޖައްސައިގެންނެވެ.



