ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޕާކިސްތާންގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ޕާކިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ އަބްދުﷲ ހުސައިން ހާރޫންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ޕާކިސްތާންގެ 71 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން މެދުކެނޑުމެއްނެތި ދެއްވާ އެހީއަށް ހިތުގެއަޑިން ޝުކުރުދަންނަވައި، ކުރިމަގުގައިި އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން، ޕާކިސްތާނުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަށާއި، މުސްތަޤްބަލުގައި އިތުރު ކާމިޔާބީތަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖްގައި ބަޔާން ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.