އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ނިއުހިޔާ މޯލްޑިވްސްއާ ހަވާލުކޮށްފި
ހައްދުންމަތީ އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ނިއުހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
އެ މަރުކަޒުގެ އާބާތުރަ ފިލުވާ، މަރާމާތުކުމަށް ހިންގާ މި މަޝްރޫޢުގެދަށުން އެތަނުގައި ޕޯޓިކޯ ހެދުމާއި އެމްބިއުލެންސްވޭ ޕޭވް ކުރުމާއި އެމަރުކަޒުގައި މިހާރު ކުރަންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދެވެ. ނިއުހިޔާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަލީ ސިޔާއު އެވެ.
50 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ އެއްމިލިއަން ސާޅީސް ތިންހާސް ހަސަތޭކަ ހަތްދިހަ ރުފިޔާއެވެ.