ޚަބަރު ފީތާ

ޑެނިސް ސުވަރޭޒަށް އަނިޔާވެ ތިން ހަފްތާ އަށް ކުޅުމާ ދުރަށް

ސްޕެއިންގެ ބާސެލޯނާގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ޑެނިސް ސުވަރޭޒަށް އަނިޔާވެ ތިން ހަފްތާއެއްހާ ދުވަހަށް ކުޅުމާ ދުރަންދާން ޖެހިއްޖެ އެވެ.

މިކަން ކަށަވަރުކޮށްދީފައިވަނީ ބާސެލޯނާއިން ނެރުނު ބަޔާނެއްގައެވެ. ޑެނިސް ސުއަރޭޒްއަށް ލިބުނު އަނިޔާއާ ގުޅިގެން ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑެނިސް ސުއަރޭޒްއަށް އަނިޔާވުމާއެކު އޭނާ ކެޓެލޯނިއާއަށް ގެންގޮސް ހެދި ޓެސްޓުތަކުން ހެމްސްޓްރިން އަނިޔާއެއް ލިބިފައިވާކަން ހާމަވެފައިވާ ކަމަށާއި އޭނާ ތިން ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑެނިސް ސުއަރޭޒްއަށް އަނިޔާވެފައިވަނީ ޕްރީ ސީޒަނުގައި ޓޮޓެންހަމާ ދެކޮލަށް ކުޅުނު މެޗުގެ ތެރެއިންނެވެ. މި މެޗުގައި އޭނާއަށް ހެމްސްޓްރިންގް އަނިޔާއެއް ލިބުމާ ގުޅިގެން އޭނާ ވަނީ ދަނޑުން ބާލާފައެވެ.

ޑެނިސް ސުއަރޭޒްއަށް ލިބުނު އަނިޔާއެކު އޭނާއަށް ޕްރީ ސީޒަނުގައި ކުރިއަށް އޮތް އެއްވެސް މެޗެއްގެ އިތުރުން ސީޒަންގެ ކުރީކޮޅުގެ ބައެއް މެޗުތަކުގައި ނުކުޅެވޭނެ އެވެ.

Rate this post