ޚަބަރު ފީތާ

މަރާމާތަށްފަހު ޗެންގްޑޫ ރެއިލްވޭ ސްޓޭޝަން އަލުން ހުޅުވައިފި

ޗައިނާގެ ބައޮޖީ ޗެންގްޑޫ ރެއިލްވޭ ސްޓޭޝަން މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ.

ހުޅަނގު ޗައިނާގެ އަވަށުގައި އޮންނަ ޗެންގްޑޫ ރެއިލްވޭ ސްޓޭޝަން މަރާމާތަށްފަހު އަލުން މި ހުޅުވީ 16 ދުވަހަަށް ފަހުއެވެ.

ޗައިނާ ރެއިލްވޭ ޒިއަން ގްރޫޕް ކޮމްޕެނީ ލިމިޓެޑުން ހިންގާ މި ރެއިލްވޭ ސްޓޭޝަން ބަންދުކުރީ އެ ސަރަހައްދުގެ މަގުތައް އިތުރަށް މަރާމާތު ކުރުމަށާއި ރެއިލްވޭ ސްޓޭޝަންގެ ދަގަނޑުތައް މަރާމާތު ކުރުމަށެވެ. އެގޮތުން 75،000 ކިއުބިކް މީޓަރުގެ ރާސްތާއެއް ވަނީ މަރާމާތުކޮށްފައެެވެ.

މި މަސައްކަތުގައި 1،100 މަސައްކަތްތެރިންނާއި 60 ރެސްކިއު ވެހިކަލް ވަނީ ހަރަކާތްތެރިވެފައެވެ.

Rate this post