ޚަބަރު ފީތާ

މާލޭ ރިންގ ރޯޑުގައި ތާރު އަޅަން ފަށައިފި

މާލޭ ރިންގ ރޯޑުގައި ތާރު އަޅަން ފަށައިފިއެވެ.
މިއީ މާލޭގެ ބޮޑުތަކުރުފާނު މަގު އިތުރަށް ފުޅާކޮށް ޒަމާނީގޮތަށް ތަަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.
ރިންގ ރޯޑުގައި ތާރު އަޅަން ފަށާފައިވަނީ ހުޅުމާލޭ ފެރީ ޓަރމިނަލް ސަރަޙައްދުންނެވެ.
މި މަސައްކަތް ކުރުމަށް ހުޅުމާލޭ ފެރީ ޓަރމިނަލް ސަރަޙައްދުން ފެށިގެން ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަޙައްދުގައި އެއްގަމު އުޅަނދު ޕާކު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ބްރިޖާއެކު މަގުގެ މަސައްކަތްތައްވެސް ނިމޭނެ ކަމަށެވެ.

މި މަޝްރޫޢުގައި ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތް ހުންނަ ސަރަޙައްދުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ.

އެ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައްވެސް ކުރަމުން އަންނަ އިރު، އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗުގެ ބޮޑު ބައެއް ތަޅާލައި ޕޭވްމަންޓުވެސް ވަނީ ބަދަލުކޮށްފައެވެ.

Rate this post