ނޫސް މަޖައްލާތަކާއި ޖާރނަލްތަކުގެ އެޑިޓަރުކަން ޑިގްރީ ނެތަސް ހަތް އަހަރުގެ ތަޖުރިބާ ހުރިނަމަ ކުރެވޭނެ.

ނޫސް މަޖައްލާތަކާއި ޖާރނަލްތަކުގެ އެޑިޓަރުކަން ޑިގްރީ ނެތަސް ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރިނަމަ އެޑިޓަރުކަން ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާ ނޫސް މަޖައްލާތަކުގެ ޤަވާޢިދަށް ބަދަލުގެނެސް ހޯމް މިނިސްޓްރީން ވަނީ މިއަދު ގެޒެޓްގައި އިއުލާންކޮށްފައެވެ.

އިޝްތިހާރު Below Header ad

އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި ނޫސް މަޖައްލާތަކާއި ޖާރނަލްތަކުގެ އެޑިޓަރުކަން ޑިގްރީ ނެތަސް 7 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ނަމަ އެޑިޓަރުކަން ކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް އެ މިނިސްޓްރީން މީގެކުރިން ކޮށްފައިވާ އިޢުލާނުގައިވަނީ ނޫސް މަޖައްލާތަކާއި ޖާރނަލްތަކުގެ އެޑިޓަރުން، ގުޅޭ ދާއިރާއަކުން ޑިގްރީ ފެންވަރު ޙާޞިލްކުރުމާއެކު، 5 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށެވެ. އަދި ކޮމިކް އެޑިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ގްރިފިކްސް ނުވަތަ ޕްރޮޑިއުސުންގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ކުރިން އޮތް އޮތުން ބަދަލުކޮށް، އާ ޤަވާޢިދުގެ ދަށުން 7 އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ނޫސް މަޖައްލާ ފަދަ ތަކެތި ރެޖިސްޓްރީ ކުރުމުގެ ޤަވާޢިދަށް ހޯމް މިނިސްޓްރީން އިސްލާޙުގެނައީ ޖެނުއަރީ 30 ވަނަ ދުވަހުއެވެ. އެ އިސްލާޙުގައި ބުނެފައިވަނީ އެޑިޓަރުންނަކީ ޑިގްރީ ފެންވަރުގެ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

މި އިސްލާހާއެކު ގިނަ ނޫސް މަޖައްލާތަކުން އެ ޤަވާޢިދަށް ޢަމަލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ، ގިނަ ނޫސްމަޖައްލާތަކަކުން ވަނީ ހޯމް މިނިސްޓްރީއާ އެކަން ހިއްސާކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.