
އިޓާލިއަން ލީގުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފި
އިޓާލިއަން ލީގުގެ އެއްވަނަ މަޤާމަށް އެންމެ ފަހުގެ ލީގު ޗެމްޕިއަނުން ކަމުގައިވާ ޔުވެންޓަސް ޖެހިލައިފިއެވެ.
ޔުވެންޓަސް ލީގުގެ އެއްވަނައަށް ޖެހިލީ ކަގްލިއާރީގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޔުވެންޓަސްގެ ފުރަތަމަ ގޯލް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރުގާނީ އެވެ.
ރުގާނީ ގެ ލަނޑުން ލީޑު ނެގިއިރު އެޓީމުދެ ދެވަނަ ގޯލް މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ގޮންޒާލޯ ހިގުއައިންއެވެ. މިއީ ހިގުއައިން ލީގުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.
އަދި މެޗުގެ 39 ވަނަ މިނެޓްގައި ޑެނިއަލް އަލްވޭސް ވަނީ އެޓީމުގެ 3 ވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްދީފައެވެ.
ތިން ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޔުވެންޓަސްއިން ނިންމާލިއިރު، އެޓީމުގެ ހަތަރުވަނަ ގޯލަކީ، ކަގްލިއާރީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މޮޅާއެކީ ޔުވެންޓަސް ލީގުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކީގައެވެ. 11 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައި ނަޕޯލީ އޮތްއިރު، ތިންވަނައިގައި 10 ޕޮއިންޓާއެކީ އޮތީ، ރޯމާއެވެ.
ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ، ޕަލޭމޯއާއެވެ.



