ޚަބަރު ފީތާ

ޓީއެފްޖީގެ ގާލަރ ރަން މިމަހުގެ 26ގައި ބާއްވަނީ..

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގާލަރ ރަން (ކަލަރ ރަން) މި ޖުލައިމަހުގެ 26 ވާ ބްރާސްފަތި ދުވަހު ބޭއްވުމަށް ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓީއެފްޖީ އިން ބުނީ ކޮންމެ އަހަރެއްގެވެސް ރާއްޖޭގެ މިނިވަނ ދުވަހާއި ގުޅުވައިގެން ބާއްވާ މި ދުވުން ފައިބެއަހަރެވޭސް އެއްގޮތަށް މިއަހަރުވެސް އޮންނާނީ ހުޅުމާލޭގައި ކަމަށެވެ. އަދި ދުވުން އޮންނާނީ ހެނދުނު ކަމަށެވެ.

ތަފާތު އެކިކަންކަން ސެލެބްރޭޓްކުރަމުން ފަންރަންއެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައިވެސް ބާއްވާ މި ދުވުމުގައި ބައިވެރިވުމަށް މިއަހަރު ނަގަނީ 450 ރުފިޔާއެވެ.

މި އަހަރުގެ ދުވުންވެސް އެކި ގަޑިތަކުގައި ފެށުމަށް ނިންމާފައިވާ އިރު، މިއަހަރުވެސް ވޯޓަރ ސްޓޭޝަންތަކުގެ ބަދަލުގައި ހުންނާނީ ކަލަރސް ސްޓޭޝަންތަކެވެ.

މިގޮތަށް ނިންމީ އެއްފަހަރާ ގިނަ މީހުން އެއްސްޓޭޝަންތަކަށް ދިއުމުން ކުލަޖެހުމުގެ ތަޖުރިބާ އެންމެ އެކަށޭނަގޮތުގައި ނުލިބޭނެތީ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

މީހާ ކުލައިން ތަތްތެޅިގެންހުރެ ސެލްފީއާއި ފޮޓޯނެގުމާއި ގިނަ ބަޔަކަށް މަޖާ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މި ދުވުމުގައި ފޮޓޯ ނެގުމަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ޓީއެފްޖީގެ ފަރާތުން އެކި ސްޓޭޝަންތަކުގައި ތިބޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

5 ކިލޯމީޓަުގެ ރާސްތާއެއް ދުވަންޖެހޭ އިރު، މިއީ ވަކި ގަޑިއަކަށް ނިންމަންޖެހޭ ޕްރޮފެޝަނަލްކޮށް ޓައިމްބަލައިގެން ދުވާ ދުވުމެއްނޫނެވެ. ހިނގާފަ، ދުވެފަ، ޖޮގްކޮށްފަ އަދި މަޖާ ތަފާތު އެކި ގޮތްގޮތަށްވެސް މި ދުވުން ފުރިހަމަކުރެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޓީއެފްޖީ ވެބްސައިޓް މެދުވެރިކޮށް އަދި އެތަނަށް ގޮސްގެން ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު، ދުވުން ނިންމާ ފަރާތްތަކަށް މިއަހަރުވެސް މެޑެލްދިނުމަަށްވަނީ ނިންމާފައެވެ.

Rate this post