ޚަބަރު ފީތާ

ލ.ފޮނަދޫގައި އިމާރާތް ކޮށްފައިވާ 50 ގޭގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަނީ

ތަބުރުމާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލ.ފޮނަދޫގައި އިމާރާތް ކޮށްފައިވާ 50 ގޭގެ ސެކިއުރިޓިީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާއިން އިއުލާން ކޮއްފިއެވެ.

ހައްދުންމަތީ އަތޮޅު ކަައުންސިލުން ކޮއްފައިވާ މި އިއުލާނުގައި ބަޔާންކޮށްފައި ވަނީ، މި 50 ގޭގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖުލައި  2018 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 19 ޖުލައި 2018 އަށް ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަތުމަށް އިއުލާނުގައި އެދިފައި ވެއެވެ.

މީގެ އިތުރުން އަންދާސީ ހިސާބާއެކު، ހުށަހެޅުމަށް އިއުލާންގައި އަންގާފައިވާ ހުރިހާ ލިޔުންތަށް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމައްވެސް ލ. އަތޮޅު ކައުންސިލް އިދާރާއިން ކޮށްފައިވާ އިއުލާންގައި ވެއެވެ.

ބީލަމަށް ކުރިމަތިލާ ފަރަތްތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރި ކުރެވިފައިވާ ފާރާތަކަށް ވާން ޖެހޭނެކަމަށްވެސް މި އިއުލާންގައި ވެއެވެ.

އަދި ގަޑިއަށް މައުލޫމާތު ސާފުކުރުމަށްއ ހާޒިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް އިއުލާން ގައި ބަޔާންކޮއްފައި ވެއެވެ.

Rate this post