
ރާއްޖޭގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ.
ރޭ ދަންވަރު ދިވެހިރާއްޖޭގެ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިން ހެލުމުގައި ޅ ނައިފަރަށް ކޮންމެވެސް ވަރަކަށް ބިންހެލުމުގެ އަސަރު ކޮށްފައިވާކަމުގެ މައުޟޫމާތު ވަނީލިބިފައެވެ.
މިބިންހެލުން އައިސްފައި ވަނީ ރޭ ދަންވަރު ރާއްޖޭ ގަޑިން 03:30 ގައެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ރޭ ދަންވަރު ރާއްޖެއަށް އައި މި ބިން ހެލުން އައިސްފައި ވަނީ މާލޭގެ އިރުމަތިން 306 ކިލޯމީޓަރު ދުރަށްކަމަށާއި އަދި މި ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 4.9 މެގްނެޓިއުޑްގައިކަމަށެވެ. އަދި މި ބިންހެލުމަކީ ބާރުމިން ކުޑަ ބިންހެލުންތަކުގެ ގޮތުގައި ސައިންސްވެރިން ބަލާ މިންގަނޑުގެ ބިންހެލުމެއްކަމަށްވެސް މެޓް އޮފީހުން މައުޟޫމާތުދެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުން ކަނޑުގެ އަޑިއަށް ކަމަށާއި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ.
ރާއްޖޭއަށް ރޭ ދަންވަރު އައި ބިންހެލުމުގެ ސަަބަބުން ނައިފަރަށް ކޮންމެވެސް ވަރަކަށް ލޮޅުން އިހްސާސް ކުރެވުނު ނަމަވެސް އެއްވެސް އެއްޗަކަށް އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެއެއްވެސް މައުޟޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނައިފަރުގެ އިތުރުން އިންޑިއާގެ މަލިކަށްވެސް ވަނީ ރޭ ބިންހެލުމެއް އައިސްފައެވެ. މައުޟޫމާތު ލިބޭގޮތުން މިބިން ހެލުން އައިސްފައިވަނީ މަލިކުގެ ވެރިރަށް ލަކްޝަދްވީޕަށް ރެކްޓާ މިންގަޑުން 5.3 މެގްނިޓިއުޑުގެ ބާރުމިނުގައި އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އާތް އެންޑް ސައިންސުން ހާމަހުރާ ގޮތުގައި މަލިކަށް ރޭ އައި މި ބިން ހެލުން އައިސްފައިވަނީ ލަކްޝަދްވީޕުގެ ކަޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ. އަދި ބިން ހެލުން އައިސްފައިވަނީ އިންޑިއާ ގަޑިން ފަތިހު 04:01 ގައި އެވެ. ބެލެވޭ ގޮތުގައި މި ބިން ހެލުމަކީ ރާއްޖެ އަށް އައި ބިންހެލުމާއި ގުޅިގެން އައި ހެލުމެކެވެ.
އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރިގޮތުގައި ލަކްޝަދްވީޕަށް އައި މި ބިން ހެލުމާއި ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންލިބިފައިވާ ކަމެއް އަދި އެނގިފައިނުވާކަމަށެވެ. މީގެ އިތުރުން މި ބެންހެލުމާއި ގުޅިގެން ލަކްޝަދްވީޕުގެ އެއްވެސް ސަރަހައްދަކަށް ގެއްލުމެއް ލިބިފައިވި ކަމެއް އަދި އެނގިފައިނުވާކަމަށެވެ.
ރެކޯޑް ކުރެވިފައިވާ ގޮތުން މި ދެ ބިންހެލުން ވެސް އައިސްފައި މިވަނީ ރޭ ދަންވަރު އެއް ވަގުތެއްގައެވެ.



