
އުންމީދީ ޒުވާނާ
އިންސާނާގެ ކުޅަދާނަކަމަކީ އޭނާ ހެދިފައިވާ ގޮތެއް ނޫނެވެ. ނަމަވެސް އޭނާ ގައިގައި ހުންނަގާބިލް ކަމެވެ. ނާއުންމީދުގެ ހާލަތުގައިވެސް އުންމީދުގެ ކުރިފަޅުވައި އެރޯކުރުމުގެހުނަރެވެ. ލިބިފައިވާ ހުނަރެއް ކުރިއަރުވާ ތަރައްގީކުރުމުގެ ހިތްވަރެވެ. އެހެނީ ކޮންމެ މީހަކަވެސް ދެއްވާފައިވާ ހުނަރެއް ވާކަން ކަށަވަރެވެ.
މިގޮތުން އިންޑޮނޭޒިޔާގެ ރައްޔިތެއް ކަމަށްވާ އަހްމަދް ޒުލްގަރްނައިނަކީ ފާހަގަ ކޮށްލެވޭ މިސާލެކެވެ. އުފެދުމުގައި ވެސް އަތް އަދި ފައި ލިބިފައި ނުވާ އަހްމަދް އެދެނީ މީހުން އޭނާގެ މަސައްކަތް ފެނި، އޭނަގެ ބަދަލުގައި އޭނަގެ ހުނަރުބަލައި ގަތުމަށެވެ.
ފޮޓޯނެގުމުގެ ދާއިރައިން މީހުންބަލައި ގަނެފައިހުރި މަސައްކަތެއް ކުރަމުންދާ އަހްމަދު މިއަދު އޭނާގެ ދެފައިގޮތުގައި ބޭނުން ކުރަމުން ދަނީ، އޭނަގެ އަމިލަށް ފަރުމާއަކަށް ރައްޓެހިން އަދި އާއިލާގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ދުވެލިއެކެވެ. އޭގެ ޒަރިޔާއިން އޭނައި ތަންތަނަ ދިޔުމުގެ މަގު ވަނީ ފަހިވެފައެވެ.
އުމުރުން އެންމެ 24 އަހަރުގެ މި ޒުވާނާ މިހިސާބަށް ވާސިލް ވެވިފައިވަނީ ، އޭނަގެ ހިތްވަރު އަދި އަޒުމުން ނެވެ. ތުންފަތް އަދި އިތުރުވެފައިވާ ހަންކޮޅުގެ ޒަރީޔާއިން އޭނަ ނަގާފައިވާ ފޮޓޯ އެވާހަކައެއް ނުބުނެދެއެވެ، އެހެނެއްކަމަކު، ފޮޓޯތަކުން ދޭހަކޮށްދެނީ އޭނަގެ ހުނަރާއި ގާބިލް ކަމެވެ. ހޮބީ އެއްގެ ގޮތުގައި ފެށި މި މަސައްކަތް އޭނައަށް ހުޅުވައިލީ އައު މަގުތަކެކެވެ.
އަޙްމަދަކީ މިހާރު ކުޅަދާނަ ފޮޓޯގްރާފަރެއްގެ އިތުރުން ފޮޓޯރިޓޗު ކުރުމުގެ ހުނަރު ލިބިފައިވާ ހުނަރުވެރިޔެކެވެ. މިއީ މީހުންގެތެރެގައި މަގްބޫލް މީހެކެވެ. މީހުން އެމީހެއްގެ މަސަކަތް ބަލައިގަންނަ މީހެކެވެ.
އިންޓަނެޓް ކެފޭއެއްގައި މަސައްކަތް އަދާކުރަމުން، ދަރަންޏަށް ކެމެރާއެއް ގަތް އަހްމަދަކީ މިއަދު ހަމައެކަނި ފޮޓޯނަގައި މީހެކެވެ. އޭނާޔަކީ މޮޅު ކެމެރާމަނެއްގެ އިތުރުން އޭނާގެ އެ ހުނަރު އެހެން މީހުނަނަށް އުނގަނައިދޭ މީހެވެސް މެއެވެ. އަހްމަދަކީ ހިވަރުގަދަ ރިވެތި މިސާލެކެވެ. މީގެ އިތުރުން ނާއުންމީދުގެ ޙަލަތުގައި އުންމީދެއް ދޭނޭ ޒުވާނެކެވެ.