ލަކީ އެއަރ އިން ޗައިނާގެ ޔުއާން ޕްރޮވިންސުން ޗިއަންމާއި އަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
ޗައިނާގެ ނޫސްތަކުން ބުނެފައިވަނީ މި ދަތުތައް ފަށާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަަމަށެވެ. އަދި މި ދަތުރުތަކުގައި ބޭނުުންކުރާނީ ބޮއިންގ 800-737 ގެ ބޯޓުތައް ކަމަށެވެ.
ލަކީ އެއަރ އާޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ޗައިނާގެ ޔުއާން ޕްރޮވިންސުން ތައިލެންޑުގެ ޗިއަންމާއި އަށް މި ދަތުރުތައް ކުރާނީ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު ކަމަށެވެ.
އެ އެއަރ ލައިނުން މިހާރުވެސް އަންނަނީ ކުންމިން، ކޮހ ސަމުއި، ޕުކެޓް، ކުރާބީ އަދި ތައިލެންޑުގެ އެހެން މަންޒިލުތަކަށްވެސް ދަތުރު ކުރަމުންނެވެ.