ވ. އަތޮޅުން ސ. އަތޮޅާއިދެމެދަށް ވައިޓް އެލަރޓް ނެރެފި

ވ އަތޮޅުން ފެށިގެން ސ އަތޮޅާއި ދެމެދަށް ވައިޓް އެލަރޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން އެ ސަރަޙައްދަށް ވައިޓް އެލަރޓް ނެރުނީ މޫސުމް ގޯސްވުމާއި ގުޅިގެން މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 ގެ ނިޔަލަށެވެ.

އިޝްތިހާރު Below Header ad

އެ އިދާރާއިން ބުނީ މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައިކަމަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނށަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރެވެހި، ފެން ބޮޑުވަމުންނެވެ. އެގޮތުން ބ. އޭދަފުއްޓަށް އިއްޔެ ވަނީ ބޯކޮށްވާރެވެހި، އެރަށުގެ އެކިހިސާބުތަކުގައި ފެންބޮޑުވެފައެވެ. އަދި އައްޑޫސިޓީއަށް މިހާރުވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.