އުރީދޫ މަސްރޭސް 2018 ގެ ކޮލިފިކޭޝަން ބުރުތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންގޮސް ކާމިޔާބުކަމާއެކު ނިމި، 12ސެމީ ފައިނަލްގައި ވާދަކުރާނޭ 12 ޓީމު ކަށަވަރު ވެއްޖެއެވެ.
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭހުގެ ސެމީފައިނަލް ބުރުގެ އިވެންޓް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ކުޅިވަރު އެކުވެނި (ޓްރެކް) ސަރަހައްދުގައެވެ.
މިއިވެންޓްގައި ސެމީފައިނަލަށް ދަތުރުކުރި 12 ޓީމް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 4:00 ގައި މޭރީބުރައުން ކުރިމަތިންނެވެ. އަދި މަހަށް ފުރި ޓީމްތައް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އެރޭގެ 10:00 ގައެވެ.
މީގެ އިތުރުން ސެމީފައިނަލް އޮންނަ ދުވަހު ކުޑަކުދިންނަށް އަމާޒުކޮށް ވަރަށް ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސެމީފައިނަލަށް ދަތުރުކުރި ޓީމްތަކަކީ:
- ނަލަހިޔާ ޓްރޭޑިންގ
- ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް
- ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
- މޯލްޑިވްސް ޓޫރިޒަމް ކްލަބް
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
- ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
- މަލަހިނި ކުޑަ ބަނޑޮސް
- ތާޖް އެކްސޮޓިކާ ރިސޯޓް އެންޑް ސްޕާ
- ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- މިލައިދޫ އައިލެންޑް މޯލްޑިވްސް
- އަމާރީ ހަވޮއްޑާ މޯލްޑިވްސް
- ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
ސެމީފައިނަލް ބުރު ނިމިގެންދާއިރު އުރީދޫ މަސްރޭހުގެ ފައިނަލަށްދާ 8 ޓީމް ކަށަވަރުވެގެންދާނެއެވެ. އުރީދޫ މަސްރޭސް 2018 ގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2018 ވަނަ ދުވަހު އެކުވެނި ސަރަހައްދުގައެވެ.