ޚަބަރު ފީތާ

ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފި

ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.

އެ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ބުންޏެވެ.

އެ އިދާރާއިން އިތުރަށް ބުނީ ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

Rate this post