ޚަބަރު ފީތާ

ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީއެސްޓީ އާއި ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްފި

ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީއެސްޓީ އާއި ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އިއްޔެއެވެ.

ޖީ.އެސް.ޓީ އާއި އެއާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ދެ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި އެ ކުންފުނިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެނީ 162,325ރ (އެއް ލައްކަ ފަސްދޮޅަސް ދެ ހާސް ތިން ސަތޭކަ ފަންސަވީސް ރުފިޔާ) އެވެ.

 

Rate this post