ނ.ފޮއްދޫގެ ނިދާއު އަލް އިސްލާމްގެ ކުޑަކުދިންގެ މަދަޙަ މުބަރާތް ވަރަށް ފުރިހަމަ ކަމާއެކު ނިންމާލައިފިއެވެ.
އެއްދުވަހުގެ މުއްދަތަކަށް ކުރިޔަށް ދިޔަ މި މުބާރާތުގައި ތިން ދަންފަޅިއަކށް ބަހާލައިގެން ކުރިޔަށް ކުދިން މަދަހަ ހުށަހަޅާފައިވެއެވެ.
މި މިބާރާތުގެ މަދަޙަ ހުށަހަޅއިދިން ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކު ހުށަހެޅި މަދަހަޔާ ބެހޭގޮތުން ޖަޖުން ވާހަކަ ދައްކާ، އެ މަދަޙަ އިތުރަށް ރަނގަޅު ކޮށްލަން ޖެހޭ ތަންތަން ފާގަކޮށް ކުދިންނަށް ކަމުގެ ހުނަރު ދަސްކޮށްދީފައިވެއެވެ.
“ މިގޮތަށް ކުދިންނަށް ކިޔައިދިނީމަ އަސްލު ވަރަށް ރަނގަޅު. ކުދިންގެ އިތުރުން އަޅުގަނޑުމެން ބެލެނި ވެރިންނަށްވެސް ވަރަށްބޮދު އެއްޗެސް ދަސްވި،“ – ބެލެނިވެރިޔަކު ބުނޏެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުން މިއަދު (30/9/2017) ހަވީރު ހަތަރެއް ޖަހާއިރު އޮންނާނެއެވެ.