ސީސީ ޓީވީ ، ޑޯރލޮކް ސިސްޓަމް، އެޓެންޑެންސް ސިސްޓަމް، ވައިފައި އަދި ނެޓްވޯރކް ފަދަ ތަކެތި އެގްރިމަންޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޕެކޭޖްތަކެއް ލިންކްސާރވް އިން ތަޢާރަފް ކޮށްފިއެވެ. މީގެ ކުރިންވެސް ލިންކްސާރވް އިން އަންނަނީ މިފަދަ ކަންކަމުގައި މައްސަލަ ދިމާވުމުން ގޮސް އެމައްސަލައެއް ޙައްލުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ.
ނަމަވެސް ކުރިން އެމަސައްކަތެއް ނިމުމުން ވަގުތުން ފައިސާ އަދާކުރަން ޖެހެއެވެ. އަދި ކަމެއް ދިމާވެގެން ގުޅުމުން ފިޔަވައި އެފަދަ ތަކެތި ބަލަހައްޓައި ދިނުމުގެ ޚިދުމަތް، ވޮރަންޓީ ޕީރިއަޑްގައި ނޫނީ ދެމުން އައިސްފައެއް ނުވެއެވެ.
ނަމަވެސް މިހާރު މިގެނައި ބަދަލާއި އެކު، ބްރޮންޒް، ސިލްވަރ ނުވަތަ ގޯލްޑް ޕެކޭޖެއް ނެންގެވުމުން އެއްބަސް ވެފައިވާ މުއްދަތުގައި، ވެރިފަރާތުން ނުގުޅި ނަމަވެސް ލިންކްސާރވްއިން ޚިދުމަތް ދޭނެއެވެ.
މައްސަލައެއް ދިމާނުވިނަމަވެސް، ޕެކޭޖުގެ ދަށުން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އެތަނަކަށް ގޮސް، އެތަކެތި ބަރާބަރަށް މަސައްކަތް ކުރޭތޯ ބަލައި، ދޭންޖެހޭ ލަފާދީ، މައްސަލައެއް އުޅޭނަމަ އެކަމެއް ޙައްލުކޮށް މަރާމާތު ކޮށްދޭނެއެވެ. ޕެކޭޖުތައް ތައްޔާރުކޮށްފައިވަނީ އެކި ފަންތި ތަކުގެ އެކި ތަންތަނަށް ޚާއްސަކޮށްގެނެވެ.
އެގޮތުން ބްރޮންޒް ޕެކޭޖަކީ، ގެތަކާއި، ކަންމަތީ ފިހާރަތައްފަދަ ކުދި ތަންތަނަށް ލާހިކު އަގުގައި މިޚިދުމަތް ފޯރުކޮށްދޭ ޕެކޭޖެވެ. އެކި ޕެކޭޖު ތަކުގައި ލިބޭ ޚިދުމަތާއި އަގުތައް ތަފާތުވާނެއެވެ. މިޕެކޭޖުތަކުގެ ދަށުން ރަޖިސްޓަރ ކުރެއްވުމުން ފީ ދައްކަން ޖެހޭނީ ކަނޑައެޅިފައިވާ މުއްދަތުގައި މަހުންމަހަށެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތާއި އެހީތެރިކަން ލިންކްސާރވްގެ ނަމްބަރު 3344555 އަށް ގުޅާލުމުން ލިބޭނެ ކަމުގައި ލިންކްސާރވް އިން ހާމަކުރެއެވެ.