އުރީދޫ އިން އާންމުކޮށް ވިއްކާފައިވާ ޙިއްޞާތައް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކޮށްފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް ގެ 2.2.9 ވަނަ މާއްދާގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް އެކަށައަޅައި، ޙިއްޞާތައް ޙިއްޞާދާރުންގެ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން އިޢުލާނުކޮށްފިއެވެ.

ޙިއްޞާތައް އެކަށައެޅިފައިވާކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން ބަޔާންކޮށް ކޮންމެ ޙިއްޞާދާރަކަށް ރަސްމީ ލިޔުމެއް ފޮނުވިފައިވާ ވާހަކަ ދެންނެވީމެވެ. މި ލިޔުން ފޮނުވިފައިވާނީ ޙިއްޞާ ގަތުމަށްޓަކައި ޙިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙިއްޞާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ޙިއްޞާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިހާރުކުރެވެމުންއެބަދެއެވެ. އަދި ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެވާހަކަވެސް ދެންނެވީމެވެ. ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ  ޙިއްޞާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ނަންބަރު 3307878 ނުވަތަ އުރީދޫ މޯލްޑިވްސްގެ އިންވެސްޓަރ ރިލޭޝަންސް ގެ ނަންބަރު 9611992 އަށް ރަސްމީ ބަންދު ނޫން ގަޑީގައި (ހެނދުނު 8:30 ން ހަވީރު 4:30 އަށް) ގުޅުއްވުން އެދެމެވެ. އީމެއިލް އިން މަޢޫލޫމާތު ސާފުކުރެއްވުމަށް info@depository.mv ނުވަތަ investor.relations@ooredoo.mv   އަށް އީމެއިލް ކުރެވުން އެދެމެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، 9 އޮގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެކަމުގައި ދެންނެވީމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.