
ދިވެހި ޕްރެމިއަރ ލީގް ކުރިއަށްގެންދިއުމަށް އުރީދޫ އާއި އެފްއޭއެމް އަނެއްކާވެސް ޕާޓްނަރވެއްޖެ
އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ޕާޓްނަރޝިޕް، 4 އޮގަސްޓް 2017 ގައި ފެށުމަށް ޝެޑިއުލް ކުރެވިފައިވާ އުރީދޫ ދިވެހި ޕްރެމިއަރ ލީގްގެ އާ ސީޒަންގައި ވެސް ކުރިޔަށް ގެންދިޔުމަށް ނިންމިކަން އިއުލާންކޮށްފިއެވެ.
މި އެކްސްކްލޫސިވް ޕާޓްނަޝިޕްގެ އެއްބަސްވުމުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޮއިކުރެއްވީ ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައެވެ.
”އުރީދޫ އަކީ މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވީތީ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ތަރައްގީ ކުރިއެރުވުމަށް އަޅުގަނޑުމެން ވެފައިވާ ވައުދުގެ މައްޗައް ބިނާކޮށް. ދިވެހި މުޖުތަމައު އާއި އެއްގޮތަށް، އަޅުގަނޑުމެންނަކީ ފުޓުބޯޅައަށް ލޯބިކުރާ، ފުޓުބޯޅައިން ވަކިވަކި ފަރުދުން އެއްބައިވަންތަކޮށްދޭ ކަމަށް ގަބޫލުކުރާ ބަޔެއް. އެފް.އޭ.އެމް އާއިއެކު ގާއިމްކުރެވިފައިވާ ޕާޓްނަރޝިޕްގެ ދަށުން، ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިތުރަށް ކުރިއެރުން ހޯދުމަށް ފުރުޞަތުތައް ފަހިކޮށްދެވޭނެކަމަށް ޔަގީންކުރަން.“ އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
”ދިވެހި ޕްރިމިއާ ލީގް އަކީ ރާއްޖޭގެ ބޭއްވޭ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް. އެހެންކަމާއި އެކު، ގެނައުމަށްޓަކައި ދިވެހި މުޖުތަމައުގެ އެއްބާރުލުމާއި މި މުބާރާތް އިތުރު ހަރުފަތަކަށް އެކު އެފް.އޭ.އެމް ގެ މެނޭޖްމަންޓް ބޭނުންވޭ. ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އުރީދޫ މޯލްޑިވްސް އިން ދެއްވާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރުއަދާކުރަން. އުރީދޫ ޕްރިމިއަރ ލީގްގެ އާ ސީޒަންގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ހުނަރުވެރި ޓީމުތަށް ފެނިގެންދާނެ. ސަޕޯޓަރުންގެ ތަރުހީބާއި އެކު، ޓީމްތަކުގެ ފަރާތުން ބަލާހިތްވާ ފަދަ ކުޅުމެއް ފެނި، ލީގުގެ ފެންވަރު ރަނގަޅުވެގެންދާނެ. މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި ވާދަކޮށް، ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފޯރުކޮށްދެވޭ ރަނގަޅު ފުރުސަތެއް.“ އެފް.އޭ.އެމްގެ ރައީސް، ބައްސާމް އަލީ ޖަލީލް ވިދާޅުވިއެވެ.
އުރީދޫ ޕްރިމިއަރ ލީގް މި ހުކުރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ފެށިގެންދާއިރު، ލީގުގައި 8 ޓީމް ވާދަކުރާނެއެވެ. މާލޭ ލީގް 2017ގެ ގަދަ 4 ޓީމާއި މިނިވަން ޗެމްޕިއަންޝިޕް 2017ގެ ގަދަ 4 ޓީމް ވާދަކުރާ މި މުބާރާތުން ރާއްޖޭގެ ޗެމްޕިއަން ޓީމް ކަނޑައެޅިގެންދާނެއެވެ.
ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްޤީއަށް ޓަކައި ކުރިމަގުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނެއެވެ.



