އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ހދ.ކުޅުދުއްފުށީގެ 680 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސެޝަންތަކެއް ހިންގައިފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވަމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމަށް ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 333 ކުދިންނަށާއި، އަފީފުއްދީން ސްކޫލްގެ  267ކުދިންނަށާއި، ޖަލާލުއްދީން ސްކޫލްގެ 80 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.

މިމަހުގެ ތެރޭގައި 3 ދުވަހަށް ހދ.ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ 13 ސެޝަން މެދުވެރުކޮށް ގްރޭޑް 4، 5، 6، 7 އަދި 8 ގެ ޖުމްލަ 680 ކުދިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

އިޝްތިހާރު Below Header ad

މިސެޝަންތަކުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން އަމިއްލަ ނަފްސު ރައްކާތެރިކުރުމަށާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ރިޕޯޓްކުރުމުގެ މުހިންމުކަމާއި ރިޕޯޓްކުރެވޭނެގޮތްތަކުގެ  އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކަށް އަލިއަޅުވާލާފައިވެއެވެ.

މިސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށްގެންދާ “އަހަން” ކެމްޕެއިންގެ ދަށުން މިނިސްޓްރީއާއެކު މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެމް.އޯ.ޔޫ.އެއްގައި ސޮއެކޮށް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

“އަހަން” ކެމްޕެއިނަކީ 2015 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށް މިނިސްޓްރީން އިފްތިތާޙްކޮށްފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ދަށުން މިދިޔަ އަހަރު އޮގަސްޓް މަހު މިނިސްޓްރީން ވަނީ މ.އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގާފައެވެ. އަދި، މުސްތަޤްބަލުގައިވެސް މާލެ އާއި އަތޮޅުތަކުގައި ކުދިންނަށާއި، ބެލެނިވެރިންނަށް އަދި ޓީޗަރުންނަށް މަޢުލޫމާތު ސެޝަންތައް ހިންގުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.