ރޮބަޓް ރަމަޟާން ޕްރޮމޯޝަންގެ ގުރުއަތު ނެގުން ބާއްވައިފި

އެސްޓީއޯ ސުޕަމާރޓުން މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ރޮބަޓް ރަމަޟާން ޕްރޮމޯޝަންގެ ގުރުއަތުނެގުން މިއަދު ކުރިއަށް ގެންގޮސިއެވެ.

މިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަމާރޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި 1 ވަނަ،2 ވަނަ އަދި 3 އަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ.  އަދި އިތުރު 10 ނަސީބްވެރިންނަށް ހޮވުނު ފަރާތްތަކުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަމާރޓުގެ ސީނިއަރ މެނޭޖަރ ހަމްދޫން ސައީދު އަދި ސްޕަމާރޓްގެ މެނޭޖަރ އައިމިނަތު ސީމާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޕްރޮމޯޝަންގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވިވަޑައިގަންނެވި ބޭފުޅުންނަށް 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާރޓުން ވިޔަފާރި ކުރެއްވޭނެ ވައުޗަރ ލިބިވަޑައިގަންނަވާނެއެވެ. މީގެއިތުރުން މިޕްރޮމޯޝަންގައި އިތުރު 10 ނަސީބްވެރިންނަށް ރޮބަޓްގެ އަގު ހުރި ގިފްޓް ޕެކް ލިބިވަޑައިގަންނަވާނެއެވެ.

1 ވަނަ އަށް -/ 18،000 ރުފިޔާ، 2 ވަނަ އަށް -/15،000 ރުފިޔާ އަދި 3 ވަނަ އަށް -/12،000 ރުފިޔާ ގެ ވައުޗަރު ލިބިގެންދިޔަ މި ޕްރޮމޯޝަންގެ

1 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ،  ޒުމްރާ 2 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ މޫސާ ޒަހުވާން އަދި 3 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، ސާރަތު މުހައްމަދުއެވެ.

މީގެ އިތުރުން އިތުރު 10 ނަސީބް ވެރިންނަކީ މުހައްމަދު އަފްޒަލް، އައިމިނަތު ސިޔާމާ ޒުމްރާ، އަޒްނަތު މުހައްމަދު، މަނިކް، ޝާހީ، ލިއުޝާ، އައިމިނަތު ނުހުޒާ، ޒުމްލާ، އަދި އައިމިނަތު ތޫބާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.