މި އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާ އާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، އެޕް މެދުވެރިކޮށް އުރީދޫ ޑޭޓާ ޕެކް އެއް ޙިޔާރުކުރެެއްވުމުން، %25 ބޯނަސް ޑޭޓާ ލިބޭ އޮފަރ އެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ.
އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފަރ ކުރިއަށްދާނީ ފިތުރު ޢީދު ދުވަހުން ފެށިގެން، 27 ޖޫން ގެ ނިޔަލަށެވެ.
”އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުންނަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި އެކީ ޢީދުގެ އުފާ ޙިއްޞާ ކުރުުމުގައި، އުރީދޫގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން“ އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
އުރީދޫގެ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާ ކުރެވިފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. 550 އެމްބބީ އިން ފެށިގެން 200 ޖީބީ އާއި ހަމައަށް ލިބިގެންދާ މި ޑޭޓާ ޕެކްތަށް އުރީދޫގެ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުންވެސް، އަދި ކޮންމެ ވަގުތެއްގައިވެސް ޙިޔާކު ކުރެވޭނެއެވެ.
މިގޮތުން އުރީދޫ މޯލްޑިވްސްގެ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ، އެޕަލްގެ އެޕް ސްޓޯރ ނުވަތަ ore.do/app އަށް ޒިޔާރަތްކުރަށްވައިގެން ފަސޭހަ ކަމާއި އެކު ޑައުންލޯޑް ކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވައިފިއެވެ.