ބ އަދި ރ އަތޮޅުގެ ރަށްތަކަށް އިސްލާމިކް މިނިސްޓަރު ޒިޔާރަތްކުރައްވައިފި.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒިޔާދު ބ އަދި ރ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރު ފުޅާ ބެހޭގޮތުން މީޑިއާއާ މައުޟޫމާތު ހިއްސާ ކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 އިން މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓަރު ޑޜ ޒިޔާދު ބާގިރު ކުރެއްވި މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ މި ދެއަތޮޅަށް ވަޑައިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވާ ރައްޔިތުންގެ އާންމު ޙާލަތު ބައްލަވާ އެރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ހާ ދަތިތަކެއް ވީހާ ވެސް ކައިރިން ބައްލަވާލެއްވުން ކަމަށެވެ.

އިޝްތިހާރު Below Header ad

ރ އަތޮޅާއި ބ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރެއްވި ތިން ދުވަހުގެ ތެރޭގައި މިނިސްޓަރ ޑރ. ޒިޔާދު ވަނީ އެއަތޮޅުތަކުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ރ އަތޮޅުގެ 5 ރަށަކާއި ބ އަތޮޅުގެ 13 ރަށަކަށް ވަނީ ޒިޔާރަތް ކުރައްވަވާފައެވެ.

އެގޮތުން މިނިސްޓަރ ޑރ ޒިޔާދުގެ މި ޒިޔާރަތުގައި ރ އަތޮޅާއި އަދި ބ އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އެރަށެއްގައި އުޅުއްވާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާ މަސްވަރާކުރައްވާފައެވެ.  އަދި މީގެ އިތުރުން މިނިސްޓަރ ވަނީ އެރައްރަށުގެ މިސްކިތްތަކަށް ވަޑައިގެން މިސްކިތްތަކުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.

މީގެއިތުރުން ޑރ ޒިޔާދުގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ރައްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، އެރައްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް ވާހަހަދައްކަވާފައެވެ. އަދި އެ ކަންބޮޑުވުންތަށް ފާހަގަކުރަށްވާ އެކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރ އަތޮޅާއި ބ އަތޮޅުގެ ރަށްތަކަށް މިނިސްޓަރ ޑރ ޒިޔާދު ކުރެއްވި މި ޒިޔާރަތުގައި މިނިސްޓަރގެ އަރިހުގައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު މުތްރިކް އައްދައުސަރީ އަދި ސައުދީ އެމްބަސީގެ ބޭފުޅެއް ކަމަށްވާ މުޙައްމަދު އަލް ޣާމިދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެބޭފުޅުން ވަނީ ރ އަތޮޅުގެ ރަށެއް ކަމުގައިވާ ރ އިންނަމާދޫ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެން އެ މިސްކިތް ހުޅުއްވާ ދެއްވާފައެވެ. ރ އިންނަމާދޫގެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ސެޕްޓެމްބަރ މަހުގެ 30 ވަނަވީ ހުކުރު ދުވަހު ހެނދުނު 11:30 ގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.