
އާގު ބޯޓަކާއި އެމެރިކާގެ އެންމެ ޒަމާނީ އެއް ހަނގުރާމަމަތީ ކަނޑުގެ އުޅަނދު ޖެހި ޒަމާނީ އުޅަނދު ކޯމާގައި
ޖަޕާނުގެ ޔޮކޮސުކާ ގެ 104 ކިލޯމީޓަރު ބޭރުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ”ފަހުގެ“ އުޅަނދަކާއި ފިލިޕީންސްއަށް ނިސްބަތްވާ އާގު ބޯޓެއް ރޭގެ ވަގުތެއްގައި އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 30000 ޓަނުގެ ބަރުދަން ހުރިކަމަށް ލަފާ ކުރެވޭ ފިލިޕީންސްގެ އާގު ބޯޓަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ނަމަވެސް އެމެރިކާ އަސްކކަރިއްޔާގެ އުޅަނދަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެ ގޮތުން އެމެރިކާ އަސްކަރިއްޔާގެ 7 ސިފައިން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި ހާދިސާގައި ގެއްލުނު ފަޅުވެރިން ހޯދުމުގެ މަސައްކަތް ޖަޕާން ކޯސްޓްކާޑުން މިހާރު ދަނީ ކުރަމުންނެވެ. 




