
އެސްޓީއޯ ”ރަމަޒާން ބާޒާރު“ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި!
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި ރީޖަނަލް ފީހާރަތަކުގައި ރޯދަމަހަށް ހާއްސަކޮއްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ”ރަމަޒާން ބާޒާރު“ ޕްރޮމޯޝަންގެ މުއްދަތު ރަމަޟާންމަސް ނިމެންދެން އިތުރުކޮށްފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 24 ޖޫން ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.
މިޕްރޮމޯޝަންގައި -/1000 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ގުރުއަތުން ދިމާވާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު އިނާމު ތަކެއް ލިބިގެން ދާނެއެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، ހިޓާޗީ ޝަވަރ ހީޓާ، ފިލިޕްސް ހެއަރ ކާރލާ، މަކިޓާ ޕެޓްރޯލް ކީސް އަދިވެސ ވަރަށް އަގުހުރި އިނާމްތައް ހިމެނެއެވެ.
އަދި މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނެގޭ ގްރޭންޑް ލަކީޑްރޯގައި ވަރަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމު ތަކުގެތެރޭގައި ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ 2 މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް، މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓް، އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގ ގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒެއް ހިމެނެއެވެ. މީގެ އިތުރުން ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއަރ ފްރަޔަރ، ޕްރޮޖެކްޓަރ އަދި އިތުރު އިނާމްތައ ހިމެނެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަން ތެރޭގައި -/300،000 ރުފިޔާއަށްވުރެ ގިނަ އަގުރުހި އިނާމްތައް ހިމެނެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި މިއަހަރުގެ ޕްރޮމޯޝަންއަށް ވަރަށްބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.



