
އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ އޮފަރ ތަކެއް…
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވައި، ރަމަޟާން މަސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އުރީދޫ އިން މިއަދު ތަޢާރަފް ކޮށްފިއެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެތެރޭގައި:
ރަމަޟާންމަހުގެ ކޮންމެ ހަފްތާއަކު ލަކީ ޑްރޯ އެއް:
އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށްޓަކާ ހުޅުވާލެވޭ ލަކީ ޑްރޯ އެއް މި ރަމަޟާންމަހު ފެށިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީ ޑްރޯ އަކީ، އުރީދޫގެ ހުރިހާ އެކްޓިވް ކަސްޓަމަރުން ބައިވެރިކުރެވިގެންދާނެ ލަކީޑްރޯއެކެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންވެސް ހިމެނިގެންދާނެ އެވެ.
ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އެޗްއައިއެޗްއިން ހަތަރު މީހުންގެ ރޯދަ ވީއްލުމުގެ އިތުރުން، އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. އަގުހުރި އިނާމް ތަކުގެ ތެރޭގައި ބަދިގެ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ބައިސްކަލް، އަދި ސެމްސަންގ ގެލެކްސީ އެސް8 ވެސް ހިމެނެ އެވެ. އެންމެ ޚާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ފަރާތަކަށް، ދެބޭފުޅުންގެ ދެރޭގެ ހުރުމާއިއެކު މެލޭޝިއާ ދެކޮޅު ޓިކެޓު ލިބިގެންދާނެއެވެ.
ހުރިހާ ކަސްޓަމަރުންނަށް ވަގުތުން ލިބޭ އިނާމު:
މި ރަމަޟާންމަހު އުރީދޫގެ ޚިދުމަތްތައް ބޭނުންކޮށްގެން، ފައިދާހުރި އިނާމުތައް ލިބިގެންދާނެއެވެ. މިގޮތުން ރީޗާޖްކުރުމުން، ނުވަތަ އެމްފައިސާ އަށް ރެޖިސްޓަރ ކުރެއްވުމުން، ކަސްޓަމަރުންނަށް ގިފްޓް ކޯޑެއް ލިބިގެންދާނެއެވެ. މި ގިފްޓް ކޯޑު އެސްއެމްއެސް މެދުވެރިކޮށް ”4433“ އަށް ފޮނުއްވައިގެން، ފަސޭހަކަމާއި އެކު ހިލޭ ޑޭޓާ އަދި އާއިލާ އާއި ރައްޓެހިންނަށް ކޯލް ކުރެއްވުމަށް ހިލޭ މިނިޓް ލިބިލައްވާނެއެވެ.
އައިޑީޑީ އަދި ރޯމިންގ:
މި ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން99 އުރީދޫ އިން މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެންމެ 99 ރފ. ގެ މި ޚާއްޞަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެއެވެ. ހަމައެއާއި އެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީއަށް ގުޅާލެވޭނެއެވެ. މިޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.
ހަމައެއާއި އެކު، ރަމަޟާން މަހުގެ ތެރޭގައި، ސައުދީއަށް ދަތުރުކުރައްވާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް، އެގައުމުގައި ރޯމިންގް ބޭނުންކުރަށްވާއިރު 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.
އުރީދޫ ތިއޭޓަރ:
އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ތިއޭޓަރ ޕެކޭޖާއި އެކު، ހަންގާމާ ޕްލޭ އަދި އީރޯސް ނައު މެދުވެރިކޮށް އެންމެ 149 ރފ. ނުވަތަ 349 ރފ. އަށް ފަހުގެ ފިލްމުތައް ބަލާލެވޭނެއެވެ. މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް، *929*19# އަށް ގުޅާލައްވާށެވެ.
ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:
- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
- ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
- އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GO<space>R ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
- އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GO<space>C ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.
އުރީދޫއިން ރަމަޟާންމަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް، ނުވަތަ 9612345 އަށް ގުޅުއްވުމަށްފަހު 1 ޖެއްސެވުމުން ލިބިވަޑައިގަންނަވާނެއެވެ.



