ޙައިޟުގެ ދުވަސްވަރުގައި ގެއްލިފައި ހުރި ރޯދަތައް ގަޟާ ނުކޮށް ހުއްޓާ ރޯދަ ނުހިފޭ ކަހަލަ ޙާލަތެއް މެދުވެރިވުން

ކުރީ އަހަރުތަކެއްގައި ޙައިޟުގެ ދުވަސްވަރު ރޯދަތަކެއް ވަނީ ގެއްލިފައެވެ. އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގެއްލުނު ރޯދަތައް ގަޟާ ކުރަން ޖެހޭ ކަމެއް ކުރިޔަކުން ނޭނގެއެވެ.

ނަމަވެސް މިހާރު އަޅުގަޑުގެ ޞިއްޙީ ޙާލަތު ހުރި ގޮތުން ގެއްލިފައިވާ ރޯދަތައް ހިފުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އެހެންކަމުން، ރޯދަ ހިފުމުގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމުން ފުދޭނެ ހެއްޔެވެ؟ ގެއްލިފައިވާ ރޯދަތަކުގެ ޢަދަދެއްވެސް އަޅުގަޑަކަށް ނޭނގެއެވެ؟ ކާން ދިނުން އޮންނަ ގޮތަކީ ކޮބައިތޯއެވެ؟

އިޝްތިހާރު Below Header ad

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފުރަތަމަ:

ޙައިޟުގެ ދުވަސްވަރުގައި ގެއްލިފައި ހުންނަ ރޯދަތައް އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގަޟާ ކުރަން ޖެހޭނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ- ވިދާޅުވެފައިވެއެވެ. (كَانَ يُصِيبُنَا ذَلِكَ –تعني الحيض- فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلا نُؤْمَرُ بِقَضَاءِ الصَّلاةِ) رواه مسلم (335) . މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި ތިމަންމެންނަށްވެސް ޙައިޟުގެ ކަންތައް މެދުވެރިވެއެވެ. ރޯދަ ގަޟާ ކުރުމަށް އަހަރުމެންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް ނަމާދު ގަޟާ ކުރުމަށް އަމުރެއް ނުކުރައްވައެވެ.”

ދެވަނަ:

ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތައް އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ގަޟާ ކޮށް ނިންމަން ޖެހޭނެއެވެ. ޢުޛުރެއް މެދުވެރިވެގެން މެނުވީ ރޯދަ ގަޟާ ނުކޮށް ލަސްކުރުން ހުއްދަވެގެން ނުވެއެވެ.

ތިންވަނަ:

އެމީހެއްގެ މައްޗަށް ގަޟާ ރޯދަތަކެއް ހުރެމެ، ބައްޔެއްގެ ސަބަބުން ނުވަތަ ދިމާވި ޙާދިޘާ އެއްގެ ސަބަބުން ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބައްޔެއް ޖެހިއްޖެ މީހާ ރޯދަތައް ގަޟާ ކުރުމުގެ ބަދަލުގައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ.

ހަތަރުވަނަ:

ގެއްލިފައިވަނީ ކިތައް ރޯދަ ތަކުގެ ޢަދަދު ނޭނގޭ ނަމަ، ޔަގީންވާ ވަރަކަށް ރޯދަ ގަޟާ ކުރާނީއެވެ. ނުވަތަ މިސްކީނަކަށް ކާންދޭނީއެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.