ހުޅުމާލޭގައި ކުރަން ހަމަޖެހިފައިވާ އިތުރު އިންވެސްޓްމަންޓްތަކުގެ ޕްލޭންތައް ބީއެމްއެލްއިން ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހުޅުމާލޭގައި އިތުރުށް ފުޅާކުރާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި އިތުރު ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ބަހައްޓާ، އޭގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އާ ބިޒްނަސް ސެންޓަރަކާއި އިތުރު ދެ އޭޓީއެމް ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްލޭންތައް ހާމަކޮށްފައިވަނީ ޓްރީޓޮޕް އިންވެސްޓްމަންޓްސްގެ ޑިރެކްޓަރ އަހުމަދު ސަލީމްގެ ދައުވަތަކަށް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބޭންކްގެ އިސްވެރިން ހުޅުމާލެއަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.

މިކަމާބެހޭ ގޮތުން ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ”ހުޅުމާލޭގެ އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި އޭޓީއެމްއެއް ގާއިމްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޚާއްސަކޮށް މިފަދަ ރަގަޅު ހޮސްޕިޓަލެއް ގާއިމްކުރުމަށް މާލީ ގޮތުން ބީއެމްއެލް އަދާކޮށްފައިވާ ދައުރުގެ ސަބަބުން މިކަން އިތުރަށް ޚާއްސަ ވެގެންދޭ. އަދި އަޅުގަނޑުމެން މިއަހަރު ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުގެ އަދަދު ދެގުނައަށް އިތުރުކޮށް ހަ އެޓީއެމްއެއް މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ހުންނާނެ. މިރަށުގައި އިތުރުވަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރ އެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައި.“

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.