
ހުޅުމާލޭގައި މީހުން އާބާދުވިތާ 13 އަހަރު ފުރުން ފާހަގަކުުރުމަށް ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި
ހުޅުމާލޭގައި މީހުން އާބާދުވިތާ 13 އަހަރު ފުރުން ފާހަގަކުުރުމަށް ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ވަނީ ތަފާތު ހަރަކާތްތަކެއް ބާއްވާފައެވެ.

މިހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނާއިގުޅޭ ތަފާތު ހަރަކާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި މޫނުގައި ކުލަޖެއްސުމާއި ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތައް ހިމެނެއެެވެ.
އަދި ކުޑަކުދިންނާއިގުޅޭ ތަފާތު ކާޓޫނު ކެރެކްޓަރތައްވެސް ވަނީ ހަރަކާތްތެރިވެފައެވެ.



