މިނިސްޓަރ ޑރ ޒިޔާދު އައި.ޑީ.ބީ ކަންޓްރީ މެނޭޖަރ އާ ބައްދަލު ކުރައްވައިފި

މިނިސްޓްރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޕްރޮގްރާމް މެނޭޖަރ މރ. މުޙައްމަދު ނަސިސް ސުލައިމާނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މި މަހުގެ 16 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ފެށުމަށް ހަމަޖެހިފައިވާ އައި.ޑީ.ބީ ގެ އެނުއަލް ކޮންފަރެންސް އަށް ތައްޔާރުވުމާބެހޭ ގޮތުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކާ، މި އަހަރު ކުރިއަށް އޮތް ތަނުގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އައި.ޑީ.ބީ ގެ އެނުއަލް ކޮންފަރެންސް ގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް މި މަހުގެ 13 ވަނަ ދުވަހު މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ސަޢުދީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އައި.ޑީ.ބީ ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާ ގަވަރުނަރު ގެ ގޮތުގައި ވެސް މިވަގުތު ހުންނެވީ ޑރ. އަޙްމަދު ޒިޔާދެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.