އެހެނިހެން އަޅުކަންތަކަށް ވުރެ ރޯދަ ޚާއްޞަ ކުރެވިފައިވަނީ ކީއްވެގެންތޯ؟

ރޯދަވެރިޔާގެ ޘަވާބުގެ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުގައި ގުދްސިއްޔަ ޙަދީޘެއްގައި އައިސްފައިވޭ؟ މިކަމުގެ ޙިކްމަތަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އިޝްތިހާރު Below Header ad

روى البخاري (1761) ومسلم (1946) عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( قَالَ اللَّهُ : كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ . . . الحديث ) . މާނައަކީ: އިމާމް ބުޚާރީ އާއި މުސްލިމް، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާ ކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. “އާދަމްގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާ އަށެވެ. ރޯދަ ފިޔަވައެވެ. އެރޯދަ ވަނީ ތިމަން ﷲ އަށެވެ. އެރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ.”

ހުރިހާ ހެޔޮ ޢަމަލުތަކެއް ވަނީ ﷲ އަށެވެ. އަދި އެޢަމަލުތަކަށް ހެޔޮ ޖަޒާ ދެއްވަނީވެސް ﷲ އެވެ. މި ޙަދީޘްގައި ރޯދަ ޚާއްޞަ ކުރެވިފައިވާ ސަބަބާ މެދުގައި ތަފާތު ގޮތްތަކަށް ޢިލްމުވެރިން ވާހަކަ ދައްކަވައެވެ. މިގޮތުން އިބްނު ޙަޖަރު- ރަޙިމަހުﷲ- ވަނީ ރޯދަ ޚާއްޞަ ކުރެވުނު އެތައް ގޮތްތަކެއް ބަޔާން ކުރައްވާފައެވެ. އޭގެ ތެރޭގައި:

  1. ރޯދަ އަކީ އެހެނިހެން އަޅުކަންތަކާއި ތަފާތުކޮށް އޭގެ ތެރެއަށް ދެއްކުންތެރިކަން ވަންނާނެ ކަމެއް ނޫނެވެ. އިމާމް ގުރްޠުބީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ހުރިހާ ޢަމަލުތަކަކީވެސް ދެއްކުންތެރިކަން ވަދެދާނެ ކަމެކެވެ. ނަމަވެސް ރޯދަވެރިޔާ އަމިއްލަ އަށް ބުނުމުން ފިޔަވާ އެހެން އެއްވެސް އިންސާނަކަށް އޭނާ ހުރީ ރޯދަ އަށް ކަމެއް ނޭނގޭނެއެވެ. އެހެންކަމުން ރޯދަ ޚާއްޞަ ކުރެއްވުނީއެވެ.
  2. (ރޯދަ އަށް ޖަޒާ ދެއްވާހުށީ ތިމަން ﷲ އޭ) އޮތް ބަސްފުޅުގެ މުރާދަކީ އެރޯދަ އަށް ޘަވާބު ދެއްވާނެ މިންވަރާއި ޘަވާބު އިތުރު ކުރައްވާނެ މިންވަރު ހަމައެކަނި ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. އިމާމް ގުރްޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ހުރިހާ ޢަމަލުތަކެއްގެ ވެސް ޘަވާބު ދެއްވާނެ މިންވަރާއި އެޘަވާބު އިތުރު ކުރައްވާނެ މިންވަރު ﷲ ތަޢާލާ ވަނީ ބަޔާން ކޮށް ދެއްވާފައެވެ. ރޯދަ ފިޔަވައެވެ. ރޯދަ އަށް ޘަވާބު އިތުރު ކުރައްވާނެ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. މިވާހަކަ އަށް ހެކި ލިބެނީ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ އަންނަނިވި ރިވާޔަތުންނެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ ، قَالَ اللَّهُ عَزَّ وَجَلَّ : إِلا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އާދަމުގެ ދަރިޔާގެ ހުރިހާ ހެޔޮ ޢަމަލުތަކެއްގެ ދަރުމަ އާއި ޘަވާބު ދިހަ ގުނަ އިން ހަތްދިހަ ގުނައަށް އިތުރު ކުރައްވައެވެ. ﷲ ވަޙީ ކުރެއްވިއެވެ. “ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން އެރޯދަ ވަނީ ތިމަން ﷲ އަށެވެ. އެރޯދަ އަށް ޖަޒާ ދެއްވާނީ ތިމަން ﷲ އެވެ.” މާނައަކީ: ވަކި މިންވަރެއް ނެތި އެކަމަށް ޖަޒާ ދެއްވުމެވެ. މިއީ ކެތްތެރިންނާއި މެދުގައިވެސް ވަޙީ ކުރައްވާފައިވާ ގޮތެވެ. ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يُوَفَّى الصَّابِرُ‌ونَ أَجْرَ‌هُم بِغَيْرِ‌ حِسَابٍ) މާނައަކީ: “ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.”
  3. (ރޯދަ ވަނީ ތިމަން ﷲ އަށެވެ) އޮތް ބަސްފުޅުގެ މުރާދަކީ ރޯދަ އަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަމެވެ. އަދި އެންމެ އިސްކަމެއް ދެވިގެންވާ އަޅުކަންވެސް މެއެވެ.
  4. ރޯދަ ﷲ އަށް ނިސްބަތް ކުރައްވާފައި ވުމުގެ ޙިކްމަތަކީ ރޯދައިގެ މާތް ކަމާއި މަތިވެރިކަން ބަޔާން ކުރެއްވުމެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢީޔާޟު ޢަބަދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.