ޕާކިސްތާން އެމްބަސީން ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފި

ޕާކިސްތާންގެ ފުރަތަމަ ގަވަރނަރ ޖެނެރަލް ކަމުގައިވާ މުޙަންމަދު ޢަލީ ޖިނާޙް ގެ ނަމުން ނަންދެވިފައިވާ ”ޖިނާޙް ލެޕްޓޮޕް ސްކީމް”ގެ ދަށުން 15 ސްކޫލަކަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ އެމްބަސީގެ ފަރާތުން ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ލެޕްޓޮޕްތައް މިނިސްޓްރީއާއި ހަވާލު ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް، ރިޓަޔަރޑް ސައީދް ޚަވަރް އަލީ ޝާހް އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި ލެޕްޓޮޕް ތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ޖިނާޙް ލެޕްޓޮޕް“ ސްކީމްގެ ދަށުން ހަދިޔާކުރެވޭ މި ލެޕްޓޮޕްތަކަކީ އެކި އަހަރު ތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހަދިޔާކުރަން ނިންމާފައިވާ ލެޕްޓޮޕްތަކެކެވެ. މިގޮތުން ސްކޫލްތަކަށް ހަދިޔާ ކުރާ މި ލެޕްޓޮޕަކީ ސްކޫލަކުން އެ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ މަގާމުހޯދާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ލެޕްޓޮޕް ތަކެކެވެ.

މިފަހަރު ލެޕްޓޮޕް ހަދިޔާކޮށްފައިވަނީ މާލޭގެ ހުރިހާ ސަރުކާރު ސްކޫލް ތަކާއި، އައްޑޫ ހައި ސްކޫލަށެވެ. އެކި އަހަރުތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސްކޫލަކަށް މި ސްކީމް ފުޅާކުރުމުގެ ވިސްނުންފުޅު ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ އެމްބަސީއިން ގެންގުޅުއްވާއިރު، މި ސްކީމްގެ ދަށުން އަންނަ އަހަރު ލެޕްޓޮޕް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު ތައުލީމީ މަރުކަޒުތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން އިތުރު މަސައްކަތްތައް ގުޅިގެން ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމަށް ޕާކިސްތާނުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ޕާކިސްތާންގެ ސަފީރު ދެއްވިއެވެ.

ޕާކިސްތާނުގައި މިހާރުވެސް 12 ދިވެހި ދަރިވަރަކު މަތީ ތައުލީމް ހާސިލްކުރަމުން ގެންދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.