ޚަބަރު ފީތާ

ރާއްޖެ އެތެރެކުރަން އުޅުނު ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއައި ޕެސެންޖަރަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިތަކެތި ފެނިފައިވަނީ އޭޕްރިލް މަހު 19 ވަނަ ދުވަހު ދުބާއީއިން ރާއްޖެއައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި 2 ޕެކެޓް ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާއިރު، މިތަކެތީގެ ބަރުދަނުގައި 578 ގްރާމް ހުއްޓެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުންނެވެ.

Rate this post