އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ތިޖޫރީ ފަޅާލައި ވައްކަންކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ތިޖޫރީން ގެއްލިފައިވަނީ 500،000ރ އެވެ. އަދި ފުލުހުން ބުނީ އެސްޓީއޯއިން ހޯމް އިމްޕްރޫވްމެންޓުގެ ތިޖޫރީ ފަޅާލައި، ވައްކަން ކޮށްފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 7:50 އެހާކަންހާއިރު ކަމަށެވެ.
މިކަމުގައި އެސްޓީއޯގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.