ކައިވެނީގެ ހުޅުކޮޅު

ޙަޤީޤީ ވާހަކަ

 

މިއީ ޙަޤީޤީ ވާހަކައެއް ނަމަވެސް މި ވާހަކައިގައި ބޭނުން ކޮށްފައިވާ ތަންތަނާއި ނަންތަށް ވާނީ ބަދަލު ކޮށްފައެވެ.

އިޝްތިހާރު Below Header ad

ފާޠިމަތުގެ އާއިލާ އަކީ ފޯރުންތެރި އާއިލާއެއް ނޫނެވެ. އާދައިގެ ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ފާޠިމަތު ގެ ފިރިމީހާ އިބްރާހިމް ނިޔާވިފަހުން ދަރިންގެ އެންމެހާ ޚަރަދު ބަރަދުތައް ބަލަހައްޓަމުން ދަނީ ފާޠިމަތަށް ލިބޭ އެއްޗަކުންނެވެ. ގިނަ ފަހަރަށް ރައްޓެއްސަކު ހަދިޔާއަކަށް ދިއްކޮށްލާ އެއްޗަކީވެސް ފާޠިމަތަށް ލިބޭ ވަރަށް އަގުބޮޑު އެއްޗެކެވެ.

ފާޠިމަތަށް ލިބިފައިވާ 3 ދަރިންގެ ތެރެއިން ނަޝާ އަކީ މިއަދު ޒުވާން ފުރައިގެ ރީތި އަންހެން ކުއްޖެކެވެ. ރަށުގެ މާހައުލުގައި އުޅެ ބޮޑުވާން ޖެހުމުން ނަޝާއަށް ދަސްވެފައި ހުންނަނީ ރަށުގެ އާދަކާދަ ތަކެވެ. ނަޝާ ގެއިން ބޭރަށް ނިކުމެއްޖެނަމަ ރަށުގެ ޒުވާން ފުރައިގެ އެތައް ކުއްޖެއްގެ ލޯ ނަޝާއަށް އަމާޒުވެއެވެ.

އަދި ރަށުގެ ޒުވާން ފުރައިގެ ފިރިހެން ކުދިންނާއެކު ހީ ސަމާސާކޮށް މަޖާކޮށް ހެދުމަކީ ނަޝާގެ ތޮބީއަތުގައި ހަރުލާފައި ހުންނަ ކަންތައްތަކެވެ. ބައެއްފަހަރު ނަޝާގެ ލޯތްބައް ރަށުގެ އެތައް ކުދިންނެއް ސަލާން ޖަހައެވެ. ޝިފާން އަކީ ނަޝާ ވަރަށް ގަޔާވާ ގޮތެއް ހުންނަ ސުމާޓް ފިރިހެން ކުއްޖެކެވެ. ޝިފާންވެސް ނަޝާއާއި ރައްޓެހިވާން ބޭނުންވެއެވެ. އެހެންކަމުން މިދެކުދިންނަށް ވަނީ ކައިވެންޏާއި ހިސާބަށް ނުދެވިފައެވެ.

އެއްދުވަހަކު ޝަރީފް ފާޠިމަތު އާއި ބައްދަލުކުރުމަށް އެރަށަށް ދިޔައެވެ. ޝަރީފް އެރަށަށްދިޔައީ އޭނާގެ ބޭބެގެ އެދުމެއްގެ ވާހަކަ ފާޠިމަތަށް ހުށަހަޅާށެވެ. ޝަރީފް ބުނިގޮތުގައި ޒުހުރީ ބޭނުންވަނީ ފާޠިމަތުގެ ނަޝާގެ ކައިވެނި ޒުހުރީގެ ޒަމީލް އާއި ކުރުމަށެވެ.

ފާޠިމަތު ހައިރާންވިއެވެ. ޒުހުރީމެން ފަދަ ފޯރުންތެރި މުއްސަނދި އާއިލާގެ ކުއްޖަކާއި އޭނާގެ ދަރިފުޅު ކައިވެނިކުރަން ބޭނުންވީތީއެވެ. ޝަރީފް ބުނިގޮތުގައި ޒުހުރީ ބޭނުންވަނީ ޒަމާނީ ކަންކަމާ ދުރު ގެވެށި މަޑުމައިތިރި ދަނބި ދަރިއެކެވެ. އެހެންކަމުން ޝަރީފްގެ އެހުށަހެޅުން ފާޠިމަތު ޤަބޫލުކުރިއެވެ. އަދި ޝަރީފް ފާޠިމަތު އާއި ވާހަކަދައްކަން އިނުމަށްފަހު ފަހުން އަންނާނެކަމަށްބުނެ އެގެއިން ނިކުމެގެން ދިޔައެވެ. ޝަރީފް ދިއުމުން ފާޠިމަތު ނަޝާއަށް ގޮވިއެވެ.  އަދި އެހުށަހެޅުން ފާޠިމަތު ނަޝާއަށް ހުށަހެޅިއެވެ. ފާޠިމަތު  ބުންޏެވެ.

ދަރިފުޅާ!  ޒުހުރީ ބެއަކީ ވަރަށް ބޮޑު މުއްސަންޖެއް. މާލޭގައި އޭނަގެ ނެތީ ކޯއްޗެއް. އަރާމާ އުފާ. ފައިސާ. މިހުރިހާ އެއްޗެއް އެބަހުރި. މިއަދު މަންމައަކީ ބަލި މީހެއް. ޑޮކްޓަރަށް ދައްކާލަން ރާއްޖެއިން ބޭރަށް ދެވޭނެ ފަދަ ތަނަވަސް ކަމެއްވެސް ނެތް. ނަމަވެސް ދަރިފުޅު މަންމަ މިބުނާކަމަކަށް ރުހި ޤަބޫލުނަމަ މަންމައަށް ހުރިހާކަމެއްވެސް ވާނެ. ޝަރީފް  އެއައީ ޒުހުރީބެ ފޮނުވައިގެން ޒުހުރީބެގެ ޒަމީލް އާއި ދަރިފުޅުގެ ކައިވެނިކުރުމަށް ރުހުން ހޯދަން. ދަރިފުޅު ޤަބޫލުތަ.

ފާޠިމަތު މިހެން ބުނުމުން އެވަގުތު ނަޝާ ވަރަށް ދެރަވިއެވެ. ހަޤީޤަތުގައި ނަޝާ ލޯބިވަނީ ޝިފާން ދެކެއެވެ. ނަމަވެސް މަންމަގެ އެދުމަކަށް ނަޝާ ފުރަގަހެއް ނުދެއެވެ. އެކަމަށް އާބަސް ބުންޏެވެ. އަދި ބުންޏެވެ.

މަންމަ ބުނި ގޮތަކަށް އަހަރެން މަންމަގެ އުފަލަށްކުރާ ކޮންމެ ކަމެއްވެސް ކުރަން މިހުރީ ހަމަ ތައްޔާރަށް. ނަޝާ މިހެން ބުނުމުން ފާޠިމަތު އުފަލުން ފޮޅުނެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ. މަދަމާ ޝަރީފް ބެއާއިއެކު މާލެ ދިއުމަށް ތައްޔާރުވާށެވެ.

ނަޝާ ޝަރީފް ބެ އާއި އެކު މާލެ އައެވެ. މާލެއައިސް ޒުހުރީ މެންގޭގައި އުޅެމުންދިޔައީ އުފަން ދަރިއެއް ފަދައިން ނެވެ. މާލެ އައިސް ބުރުގާވެސް އެޅިއެވެ. ޒުހުރީގެ އަންހެނުން ނަބީލާވެސް ނަޝާ އަށް ވަރަށް ރަނގަޅެވެ. އަނީލާގެ ހުންނަނީ ފިރިހެން ދެކުދިންކަމުން ނަޝާގެ ސަބަބުން އަނީލާގެ ކައިވެނީގެ ހުޅުކޮޅު ދިއްލި ގޭތެރެ އިތުރަށް އުޖާލާވާނެކަމަށް އަނިޔާ ދެކުނެވެ.

އަނީލާ އާއި ސަރީފްގެ ދެކުދިން ކަމަށްވާ ޒަމީލް އާއި ހަމީޒް އަކީ ނޫކަށި ޒުވާން ދެކުދިންނެވެ. އެއީ ގައިގެ ކުލަ އަލި ރީތި ދެކުދިންނެވެ. ޒަމީލް އަކީ އެންމެ ދޮށީ ކުއްޖާއެވެ. އެއީ ހަމީޒްގެ ދޮންބެއެވެ. ނަޝާ ދިޔަފަހުން ހަފީޒް ނަޝާގެ ކަންކަން ވަރަށް ގާތުން ބަލައެވެ. އަދި ޒަމީލް އުޅުން ހުންނަ ގޮތުން ހަމީޒް ހިތުގައި ސުވާލުތައް އުފެދެއެވެ.

ޒަމީލް އަކީ ދުވަހަކުވެސް އަންހެން ކުއްޖަކު ދެކެ ގަޔާވާ މީހެއް ނޫންކަން ހަމީޒު އަށް އެނގުނެވެ. ނަމަވެސް އެކަން އެއްވެސް މީހެއްގެ ގާތު ހަމީޒް އެއް ނުބުނެއެވެ. އަދި ނަޝާ އާއި ޒަމީލްގެ ކައިވެނީގެ ވާހަކަ ޒުހުރީމެން ދެމަފިރިން ދެއްކުމުންވެސް ޒަމީލް މާ ގަޔާވާ ފާޑެއް ނުޖަހައެވެ. މިކަން ނަބީލާ މެންނަށް ނޭގުނު ނަމަވެސް ހަމީޒްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ނަޝާ އުފަލުގައި އުޅެމުންދާކަމުގެ ޚަބަރު ނަޝާގެ މަންމަ ފާޠިމަތަށް ލިބުމުން ފާޠިމަތު ހުންނަނީ ވަރަސް އުފަލުންނެވެ. އަދި ނަޝާގެ ވާހަކައިން ކައިވެނިކޮށްގެން ފާޠިމަތު އިންޑިޔާއަށް ބޭސްކުރަން ގެންދާނެ ވާހަކަ އާއި ޝަރީފްމެންގެ ރަނގަޅުކަމުގެ ވާހަކައާއި އެމީހުންގެ މުއްސަނދިކަމުގެ ވާހަކަ ދެއްކުމުން ފާޠިމަތު އުފަލުން ހިތް ފުރުނު ކަހަލައެވެ. ނަޝާ އުޅެމުންދާ އުފާވެރިކަމުގެ ވާހަކަ ނަޝާ އަބަދުވެސް ފާޠިމަތު އަށް ގުޅާ ކިޔައިދެމުން ގެންދެއެވެ. އަދި މަންމަ ގެ އެދުމަށް މި ކައިވެނި ކުރެވޭތީ އުފަލުން ހުރެ މިވާހަކަވެސް ދައްކައެވެ.

މާގިނަ ދުވަސްތަކެއް ނުވެ ޒަމީލް އާއި ނަޝާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ހަފްލާވެސް ހަމަ އެހާމެ ކުލަ ގަދައެވެ. އެހެންނަމަވެސް ނަޝާ ހައިރާން ވާންޖެހުނު ސަބަބަކީ ޒަމީލް ނަޝާއަށް މާބޮޑު ސަމާލުކަމެއް ނުދިންކަމެވެ. އަދި ކައިވެނީގެ ފިރަތަމަ ރޭވެސް ވަރުބަލިވެފައިވާކަމަށްބުނެ ނިދީއެވެ. ކޮންމެ ރެއަކުވެސް ނަޝާ އިންތިޒާރުކުރެއެވެ. އެހެންނަމަވެސް ޒަމީލް އޭނާއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަދި ޒަމީލް ނަޝާ އާއި މާގިނައިން ވާހަކައެއްއ ނުދައްކައެވެ. ނަބީލާ ބުނާގޮތުގައި ޒަމީލަކީ ވަރަށް ބަސް މަދު ކުއްޖެކެވެ. ނަމަވެސް ނަޝާ އާއި ޒަމީލްގެ ގުޅުން މާ ރަނގަޅު ނޫންކަން ހަމީޒް އަށް އެގެއެވެ. އަދި މިދެމަފިރިންނަށް ހަމީޒް ފާރަވެސް ލައެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އެކި ގޮތް ގޮތުން ޒަމީލްގެ ސަމާލުކަން ހޯދަން ނަޝާ މަސައްކަތްކޮށް ކާމިޔާބެއް ނުވިއެވެ. ކިތަންމެ ހިތްދަތި ވީ ނަމަވެސް ނަޝާގެ މަންމަ ގެ އުފަލަކީ މިއީކަމަށް ދެކިގެން ނަޝާވެސް އުޅެމުންދަނީ ހިނިތުންވުމާއެކުގައެވެ. ނަމަވެސް އެހިނިތުންވުމުގެ ފަހަތުގައި ވާ ސިއްރު ހަފީޒަށް އިނގެއެވެ. އަދި ނަޝާގެ ރީތިކަމުގެ ޖާދޫގައި  ޖެހި ހަފީޒް ހުންނަނީ ހަފީޒްގެ ދޮންބެ ޒަމީލްގެ އަނބިމީހާ ނަޝާއަށް ފެން ބޮވައި ގެންފައެވެ. ވަގުތެއް ލިބިއްޖެއްޔާމު ނަޝާ އާއި ވާހަކަ ދެއްކޭތޯ ބަލައެވެ. ނަމަވެސް ނަޝާގެ ދިރިއުޅުމުގެ ވާހަކަތަކެއް ނުދައްކައެވެ. ދައްކަނީ ހުސް މަޖާ ވާހަކައެވެ.

ނަމަވެސް ޒަމީލް ނަޝާ އާއި ކައިވެނީގެ ގޮތުންވެސް މާބޮޑު ގުޅުމެއް ނުބާއްވައެވެ. އިނދެގެން އުޅެނީ ނަމަކަށެވެ. ނަޝާ އުފަލުން ހުރިނަމަވެސް ނަޝާގެ ހިތުގައި ޒަމީލް ނަޝާ އާއި ގުޅުން ނުބާއްވައި ވާހަކަ ނުދައްކައި މަޑުމަޑުން އަބަދު ހުންނާނީ ސުވާލުވެސް އުފެދެއެވެ. އެހެންނަމަވެސް ނަޝަގެ މަންމަ ގެ އުފަލަކީ މިއީކަމަސް ދެކިގެން ނަޝާވެސް އުޅެމުންދަނީ ހިނިތުންވުމާއެކުގައެވެ.

ނަޝަގެ މި ދިރިއުޅުމުގެ ކަންކަން އެންމެ ކައިރިން ބަލާ އެކަކީ ހަފީޒެވެ. މިހުރިހާކަމެއްވެސް ހަފީޒްއަށް އެގެއެވެ. އަދި ނަޝާގެ ރީތިކަމުގެ ޖާދޫގައި ޖެހި ހަފީޒް ހުންނަނީ ހަފީޒްގެ ދޮންބެ ޒަމީލްގެ އަނބިމީހާ އަށް ފެން ބޮވައި ގެންފައެވެ. ވަގުތެއް ލިބިއްޖެއްޔާމު ނަޝާ އާއި ވާހަކަ ދެއްކޭތޯ ބަލައެވެ. ނަމަވެސް ނަޝާގެ ދިރިއުޅުމުގެ ވާހަކަތަކެއް ނުދައްކައެވެ. ދައްކަނީ ހުސް މަޖާ ވާހަކައެވެ.

ނަޝާ އާއި ޒަމީލްގެ ކައިވެންޏަށް އަހަރެއްހާ ދުވަސް ފާއިތުވެ ގޮސްފިއެވެ. ނަމަވެސް ދަރިއަކު ލިބެން އުޅޭކަމުގެ އިޝާރާތެއްވެސް ނުވުމުން ނަބީލާ ކަންބޮޑުވެ އެވާހަކަ ދައްކަން ފަށައިފިއެވެ. ނަޝާ އާއި ދިމާލަށް އިނގިލި ދިއްކުރަން ފަށައިފިއެވެ. އަދި ނަޝާ ބަދުނާމުކޮށް ތިއީ ދަރިން ނުލިބޭ އަންހެނެއްކަމަށް ބުނެ ނަޝާއާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން ފެށިއެވެ.

އަދި ނަބީލާ ބޭނުންވަނީ ދަރިން ލިބޭ އަންހެނެއް ކަމަށާއި އެއީ ގޭގެ ހުޅުކޮޅުކަމަށްވެސް ބުނަމުން ދިޔައެވެ. ނަބީލާ ނަޝާއަށް މިގޮތަށް މައިދައިތަ ޕްރެޝަރ ކުރަން ފެށުމުން އެޕްރެޝަރ ބޮޑުވެގެން އެންމެފަހުން ނަޝާ ޒަމީލް ދެކެ ރުޅި އަންނަން ފަށައިފިއެވެ. އަދި އޭނާއަށް ސަމާލުކަމެއް ނުދެނީ ކީއްވެތޯ ސުވާލުކުރަން ފަށައިފިއެވެ. ނަމަވެސް ޒަމީލް އެކަމަށް އަޅައެއް ނުލައެވެ. އަދި ޖަވާބެއްވެސް ނުދެއެވެ. އެންމެފަހުން ނަޝާ ރުޅި ގަދަވެ ޒަމީލް އާއި ދިމާލަށް ލޯބިވާ އެހެން އަންހެނަކު ހުރީތޯ ސުވާލުކުރިއެވެ.

އަދި އަނބިމީހާކަން ނުދަންނަންޏާ ކައިވެނި ކުރީ ކީއްވެތޯ އަހާ ހަނގުރާމަ ގަނޑެއް ހިންގާލިއެވެ. މިކަމާ ޒަމީލް ގާތަށް އިންތިހާއަށް ރުޅި އައެވެ. އަދި ރުޅި އައިސްގެން އެއްރެއެއްގެ ދަންވަރު ޒަމީލް ގެއިން ނިކުމެގެން ދިޔައެވެ. ޒަމީލް ގެއިން ނިކުމެގެން ދިއުމުން ޒަމީލްގެ ފަހަތުން ފާރަލަމުން ނަޝާ ގެއިން ނިކުތެވެ. މާގިނައިރުތަކެއް ނުވެ ޒަމީލް ގޮސް ވަނީ އޭނާގެ ރައްޓެހި އިއްބެ ގެއަށެވެ.

އެހެންކަމުން ނަޝާ ސިއްރު ސިއްރުން އެގެއަށްވަދެ އިއްބެގެ ކޮޓަރިއާއި ދިމާލަށް ބޯދިއްކޮށްލިއެވެ. ނަމަވެސް ނަޝާ ޒަމީލްއަށް ފާރަލުމުން މިއަދު ސާބިތުވީ ޤަބޫލުކުރަން ދަތި ހާދިސާއެކެވެ. ޒަމީލް އަކީ ފިރިހެނުންނާއި ގުޅުން ބާއްވާ މީހެކެވެ. އެ ހަޤީޤަތް ނަޝާގެ ލޮލުން ފެނުމާއިއެކު ނަޝާއަށް ލިބުނު ޝޮކާއި ހިތާމައާއި އެކު ހިތް ކުދިކުދިވި ކަހަލައެވެ. އެހެންކަމުން ނަޝާ އެނބުރި ގެއަށް ދިޔައެވެ.

އޭރު ނަޝާގެ އިންތިޒާރުގައި ހަފީޒް ގޭގައި އިނެވެ. ނަޝާ ގެއަށް ވަނުމުން ހަފީޒް ނަޝާއާއި ވާހަކަ ދައްކަން ފެށިއެވެ. އަދި ނަޝާ ރުޅި އައިސްފައި ހުރީ ކޮންކަމެއްގައިކަން އެގޭކަމަށާއި، އަދި ހަޒީޒްގެ ދޮންބެ ޒަމީލް އަކީ ކޮންކަހަލަ މީހެއްކަމާއި، އޭނާގެ ހުރިހާ ހަޤީޤަތެއް ހަފީޒަށާއި މުޅި އާއިލާއަށް އެގޭ ވާހަކަ ބުންޏެވެ. އަދި ޒަމީލްގެ ކައިވެނި ނަޝާފަދަ ނިކަމެއްޗަކާއި ކުރެވުނީވެސް ނަޝާގެ އަނގަ ބަންދުކޮށްފައި ބެހެއްޓުމަށްކަމަށާއި ޒަމީލްއަށް ދަރިއަކު ހޯދުމަކީ ޒުހުރީގެ ދެމަފިރިންގެ މަޤުސަދުކަމަށްވެސް ހަފީޒު ބުންޏެވެ.

އަދި ދަރިއަކު ހޯދުމަކީ ނަޝާއަށް މިއަދު މަޖުބޫރުކަމެއްކަމަށާއި އެހެންނޫނީ ޒަމީލް ދޮންބެއާއި މުޅިއާއިލާ ގެ ނަން ހަރާބުވެ ފަޞީހަތްވެދާނެކަމަށް ހަފީޒް ބުންޏެވެ. އަދި ހަފީޒް ނަޝާދެކެ ލޯބިވާ ކަމަށާއި މިކަމުގައި ހަފީޒްގެ އެހީތެރިކަން ލިބޭނެކަމަށް ބުނުމުން ނަޝާ ހައިރާންވިއެވެ. އިތުރަށް ދެރަވެ ރުޅިވެސް ގަދަވިއެވެ. ނަމަވެސް އެއީ ސިއްރެއްގެ ގޮތުގައި ބާއްވައި ދިނުމަށް ހަފީޒް އެދުނެވެ. ނަޝާއަށް އިތުރަށް ޝޮކެއް ލިބުނު ކަހަލައެވެ. އެންމެ ފަހުން ހަފީޒް އެރޭ ބޭނުންވީ އޭނާގެ ދޮންބެގެ ބަދަލުގައި ނަޝާއަށް އެދުން ފުއްދައި ދިނުމަށެވެ.

ނަމަވެސް ހަފީޒްގެ ކިބައިން ނަޝާ އެރޭ ސަލާމަތްވިއެވެ. އެއީ ނަޝާގެ ނަސީބެވެ. ހަފީޒް ނަޝާގެ އަތުގައި ހިފައިގެން ގަދަކަމުން ކޮޓަރިއަށް ވަންނަން ދަނިކޮށް ނަޝާ ހަފީޒްގެ އަތުގައި ބާރަށް ދައިގަތުމުން ހަފީޒްގެ އަތުން ނަޝާގެ އަތް ދޫވި ވަގުތު ނަޝާ ގޮސް ކޮޓަރިއަށްވަދެ ދޮރު ދަޅުލިއެވެ. އަދި އެދނދުމައްޗަށް ވެއްޓިގެން އޮވެ ގިސްލަގިސްލާފައި ރޮނީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

އޭގެ ގަޑިިއެއްހާއިރު ފަހެވެ. ޒަމީލް ގެއަށް އައުމުން ޒަމީލްގެ ހަޤީޤަތް ނަޝާއަށް ފަޅާއެރި ވާހަކަ ހަފީޒް ބުންޏެވެ. ހަފީޒް މިހެން ބުނުމާއެކު ޒަމީލް އިންތިހާއަށް ރުޅިއައެވެ. އަދި ވަރަށް ބާރަށް ގޮސް ކޮޓަރިއަށްވަދެ ނަޝާއަށް އަނިޔާކުރަން ފެށިއެވެ. އަދި މިވާހަކަ އެއްވެސް މީހެއްގެ ގާތު ނަޝާ ބުނެފިނަމަ ސަލާމަތް ނުވާ ވަރު ކޮށްލާނެކަމަށް ބުނެ ނަޝާއަށް އިންޒާރުދޭން ފެށިއެވެ.

ނަމަވެސް ނަޝާވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. އަދި ހަފީޒް ކަންތައް ކުރަން އުޅުނުގޮތް ކިޔާ ދިނުމުން ހަފީޒް އާއިއެކު އެގުޅުން ކުރިއަށް ގެންދިއުމަށް ޒަމީލް އެދުނެވެ. ނަޝާއަށް ހަދާނެގޮތް ހުސްވިއެވެ. އެއްވެސް މީހަކަށް މިވާހަކަތައް ކިޔައިދޭކަށް ނުކެރުނެވެ. މިހިތްދަތިކަމުގައި ނަޝާ ދިރިއުޅެމުން ގެންދެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ނަޝާގެ މަންމަގެ ބަލިހާލު ބޮޑުވެގެން މާލެގެނައެވެ. އަދި މަންމަގެ ބޭސްފަރުވާގެ އެންމެހަ ކަންތައްތައް ބަލަހައްޓަމުން ގެންދިޔައީ ޒަމީލްގެ މަންމަ ނަބީލާއެވެ. މަންމަގެ ހާލު ރަނގަޅުވުމުން މަންމަ އެނބުރި ރަށަށް ދިޔައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ނަޝާމެން ގެއަށް އަންނަ ރައްޓެއްސެއްގެ ފަރާތުން ނަޝާގެ ހަޤީޤަތް ނަޝާގެ މަންމައަށް އެގިއްޖެއެވެ. އަދި މިކަމާ ހިތާމަކޮށް ހިތަށް ކެތްނުކުރެވިގެން ނަޝާގެ މަންމަ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.

ނަޝާގެ މަންމަ ނިޔާވި ހަބަރު ލިބުމާއި އެކު ނަބީލާގެ އެދުމުގެ މަތިން ނަޝާ ރަށަށް ދިޔައެވެ. އަދި މަންމަގެ ޖަނާޒާގެ ކަންކަން ނިންމުމަށްފަހު އެނބުރި މާލެ ނުދާން އަޒުމް ކަނޑައެޅިއެވެ. އަދި ޖެހިގެން އައި ދުވަހު ޒަމީލްގެ ކައިރިން ވަރިވުމަށް ރަށު ކޯޓަށް ފޯރމް ހުށަހެޅިއެވެ. އެހެންނަމަވެސް ނަޝާގެ އާއިލާގެ މީހެއްގެ ގާތު ނަޝާގެ ހަޤީޤަތް ކިޔައިދޭކަށް ނަށާއަކަށް ނުކެރުނެވެ. ނަމަވެސް ނަޝާގެ މަންމަ ނަޝާގެ ބޮޑުދައިތަކަށް މިވާހަކަތައް ކިޔައިދީފައި އޮތުމުން ބޮޑުދައިތަ ނަޝާ ގާތު ސިއްރުނުކޮށް މިމައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ބުންޏެވެ.

އަދި ނަޝާއަށް ދެނެއް އެނބުރި މާލެއެއް ނުދެވެނެކަމަށާއި، އެފަދަ މަކަރުވެރި ހީލަތްތެރި ބަޔެއްގެ ކައިރިން ނަޝަ ސަލާމްތަކުރަން ބޮޑުދައިތަ ބޭނުންވާކަމަށް ބުންޏެވެ. އެހެންކަމުން ބޮޑުދައިތަގެ އެދުމުގެ މަތިން ނަޝާ ރަށު ޕޮލިސް ސްޓޭޝަނަށް މިމައްސަލަ ހުށަހެޅިއެވެ. ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މިމައްސަލައާއި ގުޅިގެން ނަޝާ އަށް ބަޔާނެއް ދިނުމަށް އެ ސްޓޭޝަނަށް ދިއުމަށް އެންގިއެވެ.

އެހެންކަމުން ނަޝާ ޕޮލިސް ސްޓޭޝަނަށް ހާޞިރުވެ ތަޙްޤީޤްކުރާ ކޮޓަރިއަށް ވަނެއެވެ. ނަޝާ އަށް ލިބުނީ އިތުރު ސިހުމެކެވެ. ނަޝާގެ މައްސަލަ ތަޙްޤީޤްކުރަން އިންި ނަޝާދެކެ އިންތިހާއަށް ލޯބިވާ ޝިފާން އެވެ. ޝިފާން  އަކީ މިއަދު ފުލުހެކެވެ. އެހެންކަމުން ނަޝާ މިހުރިހާ ވާހަކަތަކެއް ޝިފާން އަށް ކިޔައިދިނެވެ. އަދި ޝިފާން ދެކެ އިންތިހާއަށް ލޯބިވާކަމަށްވެސް ބުންޏެވެ. ޝިފާންވެސް ނަޝާދެކެ ވަރަށް ލޯބިވެއެވެ.

މާކަ ގިނަ ދުވަސްތަކެއް ނުވެއެވެ. ނަޝާ ޒަމީލްގެ ކައިރިން ވަރިވެއްޖެއެވެ. އަދި ޝިފާން އާއި ކައިވެނި ކުރެވިއްޖެއެވެ. އަދި ކައިވެންޏަށް 2 އަހަރު ފުރި ކައިވެނީގެ ހުޅުކޮޅު ދިއްލިއްޖެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.