ޓިވެޓް ކޯސްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތު ބައްދަލުވުމެއް

ދިވެހިރާއްޖޭގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ އާއި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޮރ ޓެކްނީޝަންސް އެޑިއުކޭޝަން އާއި ގުޅިގެން ޓިވެޓް ކޯސްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މާލޭގެ ސްކޫލްތަކުން 25 ދަސްވާރު ކޯޑިނޭޓަރުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުމަކީ ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ކޮންމެ ރަށެއްގައި އިންސްޓިޓުޝަނެއް ހަދައިގެން ޓިވެޓް ކޯސްތައް ކުރިއަށް ގެންދެވުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވުމާއި އެކު، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ބައްދަލުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިން-ކަންޓްރީ ޕްރޮގްރާމް އޮން ”އިފެކްޓިވް ޓީޗިންގ މެތޮޑޮލޮޖީޒް (އޮންލައިން ޑެލިވެރީ) ގެ ނަމުގައި މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ އޮން-ލައިންކޮށް ކުރިއަށް ގެންދާ ޓިވެޓް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއެކު، ޓިވެޓް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ދަސްކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.