ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭންޕެއް ބާއްވައިފި.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން މިއަދު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ބޭއްވި މި ހަރަކާތުގައި 62 ފަރާތަކުން ބައިވެރިވެ ވަނީ ލޭ ހަދިޔާކޮށްފައެވެ.

މިއީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި މިހާރު ކުރިޔަށްދާ ދެ ކޯހެއް ކަމުގައިވާ ޑިޕްލިމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހާއި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވަމުންދާ ދަރިވަރުން އިސްނަގައިގެން، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ހެނދުނު 9 އިން މެންދުރު 12 އަށް ކުރިޔަށްގެންދިޔަ މި ކޭންޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލު ވަނީ ލޭދިނުމުގެ މުހިންމުކަމާއި ލޭ ދޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ލޭ ދެމުން ދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ލޭ ދިނުމުގެ ފައިދާއާއި އަދި ލެޔަށް ބޭނުންޖެހިފައިވާ ފަރާތްތައް ރާއްޖޭގައި ގިނަކަން ފާހަގަކުރެއްވިއެވެ.

ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޔާރުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ޑިޕްރެޝަން ނުވަތަ ހިތް އެލުމުގެ ބައްޔަށް ސަމާލުވެ، މިބަލީގައި ވޭންތައް ތަހައްމަލު ކުރާ ފަރާތްތަކަށް ވެސް މުޖްތަމަޢުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.