ޚަބަރު ފީތާ

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ކަސްޓަމްސް އިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި  ކަސްޓަމްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ އޮފިޝަލުންގެ ޙާޟިރުގައެވެ.

އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ އެކިއެކި ސަބަބުތަކާހެދި ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި 1107 ބަނގުރާ ފުޅިއާއި 180 ބިޔަރު ދަޅެވެ. މީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޮންޑެޑް ވެއަރހައުސްއާއި ޑިއުޓީ ފްރީ ފިހާރަތަކުގައި ހުރި ތަކެތީގެ ތެރެއިން އެކްސްޕަޔަރީ މުއްދަތު ހަމަވުމާއި އެކިގޮތްގޮތުން ހަލާކުވެފައިވާ ތަކެތީގެ ގޮތުގައި ކަނޑައެޅި 601 ބަނގުރާފުޅިވެސް އިއްޔެވަނީ ނައްތާލެވިފައިވެއެވެ.

އެކިއެކި ސަބަބުތަކާހުރި ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

Rate this post