
އައްޑޫ ސިޓީގެ ހުޅުދޫ ، މީދޫ އަދި ފުވައްމުލައް ސިޓީ އަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށަ ބަޔަކާ ޙަވާލުކޮށްފި
އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފުވައްމުލައް ސިޓީ އަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށަ ބަޔަކާ ޙަވާލުކޮށްފިއެވެ.
އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހަސަން ސަޢީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 695,688.65 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.
ހުވަދު އަތޮޅުގެ 08 ރަށަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކުރުން
ހުވަދު އަތޮޅުގެ 08 ރަށަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މިއަދު ވަނީ ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ފިޔޯރި، ގދ. ފަރެސްމާތޮޑާ، ގދ. ވާދޫ އަދި ގދ. ގައްދޫގެ ކުނި މެނޭޖްކުރަން ބޭނުންވާ ސާމާނު ފޯރުކޯށްދިނުމަށް ބަޔަކާ ޙަވާލުކޮށްފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕަރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ސަޢީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 849,250.68 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.



