އެސްޓީއޯ ސީއެސްއާރުގެ ދަށުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާ “ފިޔަވަތި”ގައި އައުޓްޑޯރ ޕްލޭގްރައުންޑެއް ހުޅުވައިފި

އެސްޓީއޯ ސީއެސްއާރުގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގައި ހެދި އައުޓްޑޯރ ޕްލޭގްރައުންޑް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ކުރިއަށްގެންގޮސްފިއެވެ.

މި ޕްލޭގްރައުންޑް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އޮނަރަބްލް އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޝަހީރު އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ ވިދާޅުވީ އެހީއަށް ބޭނުންވެފައި ތިބި ކުދިންނާއި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން އެއީ އެސްޓީއޯގެ ވަރަށްބޮޑު ފޯކަސްއެއްކަމުގައެވެ. އަދި ކުރިއަށްއޮތްތާގައިވެސް މިފަދަ ގިނަ ސީއެސްއާރު އެހީ ދެމުންގެންދަވާނެ ކަމުގައެވެ. އަދި ޖެންޑަރ މިނިސްޓަރގެ ވާހަކަފުޅުގައި ހުރިހާކުދިންނަށްވެސް ތަޢްލީމީ ފުރުސަތު ހޯދައިދީ މުޖުތަމަޢްގައި ކޮންމެ ކުއްޖަކަށްވެސް އުފާވެރިކަމާއެކު ހީލާ މަޖާކޮށްލާ އުޅުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުން އެއީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމުގައި ފާހަގަކޮށްލެއްވިއެވެ. އަދި މިހިޔާގެ ކުދިންނަށް މިފަދަ ޕާކެއްހުޅުއްވައި ދެއްވިކަމަށްޓަކައި ޝުކުރު ދެންނެވިއެވެ. މި ކުޑަކުދިންގެ ހިޔާގެ ކުދިންގެ ފަރާތުން ހުށަހަޅާދިން މުނިފޫހިފިލުމުގެ ޙަރަކާތަކާއި އެކު ނިމިގެންދިޔަ މި ރަސްމިއްޔާތައްފަހުގައި އެސްޓީއޯގެ މުއައްޒަފުންވަނީ އެކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

އިޝްތިހާރު Below Header ad

އެސްޓީއޯ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ފިޔަވަތީގައި ހުޅުވުނު މި އަޑްޑޯރ ޕްލޭގްރައުންޑްގެ އިތުރުން އެ ހިޔާގެ 2 ( ދޭއް) ޓީޗަރެއްގެ މުސާރަވެސް އެސްޓީއޯ އިން ވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް ސްޕޮންސަރ ކޮށްދީފައެވެ. އަދި މީގެ އިތުރުން ވެސް ހުޅުމާލޭގައި މި ކުޑަކުދިންގެ ހިޔާ ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ބަދިގެ އަދި ގޭތެރޭގައި ގެންގުޅޭ ގިނަ ޢަދަދެއްގެ  ސާމާނު ހަދިޔާ ކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގެ 4 މުއައްޒަފެއްގެ މުސާރަ ވެސް 2014 ވަނަ އަހަރުންފެށިގެން އެސްޓީއޯއިން މިދަނީ ސްޕޮންސަރ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.