ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ބަޖެޓް ބަލަހައްޓާ މުވައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމާއި ބެހޭ ތަމްރީނު ދިނުމުގެ ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީސް ގުޅިގެން މިނިސްޓްރީ އާއި ސްކޫލްތަކުގެ މުދަލާއި ފައިސާ ބަލަހައްޓާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގައި ޖުމްލަ 52 މުވައްޒަފަކު ބައިވެރިވިއެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މާލޭގައި ހިނގަމުންދާ ބަޖެޓް ވަކިކުރި ސްކޫލްތަކާއި މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ މުދަލާއި ފައިސާ ބަލަހައްޓާ މުވައްޒަފުން “އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (IPSAS) ކޭޝް ބޭސިސް” އާއި އެއްގޮތަށް މާލީހިސާބު ތައްޔާރުކުރުމުގެ މައުލޫމާތުދީ އަހުލުވެރިކުރުވުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވާ މުހިއްމު ބައިތަކުގެތެރޭގައި ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން، ފާސްކުރި ބަޖެޓާއި އެބަޖެޓުން ޚަރަދުކުރި ގޮތުގެ ބަޔާން، ހާމަކުރުމަށް ބާރުއަޅާ އިތުރު މައުލޫމާތު، މާލީ ބަޔާންތައް ތައްޔާރުކުރުމަށް ބޭނުންވާ ރެކޯޑު ބެލެހެއްޓުން، ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނަށް މައުލޫމާތު ހޯދާނެ ގޮތްތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ މުވައްޒަފުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.