ޚަބަރު ފީތާ

އައްޑޫސިޓީ ހިތަދޫގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށަނީ..

އައްޑޫސިޓީ ހިތަދޫގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

މިއީ އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއިއެކު ސްވިމިންގ އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން ހިންގުމަށް ނިންމާފައިވާ ކޯހެކެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މި ފެބްރުއަރީ މަހުގެ 15ން 22އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މިކޯހުގައި ކިޔަވައިދެއްވާނީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ ކަމަށެވެ. 

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު http://swimming.org.mv/?p=4432 އިން ލިބެން ހުންނާނެ ކަމަށާއި އެ ފޯމު ފުރިހަމަ ކުރުމަށްފަހު، އަންނަ ހަފުތާގެ ބްރާސްފަތި ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުވަންޖެހޭ އިރު، ހިލޭ ބައިވެރިވެވޭ މިކޯހަށް ބައިވެރިވާން ހުށަހަޅާ އަންހެން ބައިވެރިންނަށް އިސްކަންދޭނެ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުމާއި ރަނގަޅަށް ފަތަން އިނގޭ މީހެއްކަމުގައިވުން ހިމެނެއެވެ.

އަދި ޘާބިތު އެއްވެސް ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައިނުވުމާއި ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯރޑް އޮތް މީހެއްކަމުގައިނުވުންވެސް ހިމެނެއެވެ.

 

Rate this post