ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި

 

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ދީފައިވާ މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ މުއްދަތު މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރިން ދީފައިވީ ނަމަވެސް އެ މުއްދަތު އިތުރުކުރީ އޭޕްރީލް 8 ވަނަ ދުވަހުގައި ބާއްވަން އޮތް ލޯކަލް ކައުންސިލްް އިންތިހާބު އޭޕްރިމް މަހުގެ 15 އަށް ލަސްކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހަކަށް މިމަހުގެ 20 ވަނަ ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމް ހުށަހަޅަންޖެހެނީ ބާ ޖަމާލުއްދީންގައި ހަދާފައިވާ ކޮމިޝަނުގެ އޮފީހަށް ކަމަށާއި އެ ނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައެއް ނުގަންނާނެ ކަމަށްވެސް އިލެކްޝަންސް މޮކިޝަނުގެ މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފޯމްތައް ބަލައިގަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އާ ހަމައަށް ކަމަށްވެސް މި ބަޔާނުގައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިހާބު ބާއްވާ ދުވަސް ލަސްކުރީ ސްކޫލްތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވާތީ އެ ދުވަހަށް ސްކޫލްތައް ނުލިބޭތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.