ޚަބަރު ފީތާ

ސޯޝަލް ވޯކަރސްއަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެޏްގުއޭޖް ކޯހެއް ފަށައިފި

ސޯޝަލް ވޯކަރސްއަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެޏްގިއޭޖް ކޯހެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ލޯ އެންޑް ޖެންޑަރގައުި މަސައްކަތްކުރާ މުއައްޒަފުންނަށް ހިންގާ މި ކޯސް މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، ފުރަތަމަ ބުރުގައި 28 މުއައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މިކޯސް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް މިނިސްޓްރީއަށް ކޮންމެ މަހަކުވެސް ހުށަހެޅޭ ކަމަށެވެ.

އަދި އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސޯޝަލް ސަރވިސް ވޯކަރުންނަށް އަމާޒުކޮށްގެން މިފަދަ ޓްރެއިނިންގއެއް ހިމްގުމަކީ މިދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

މި ސިލްސިލާގެ ދެވަނަ ބުރުގައި މިނިސްޓްރީގެ އިތުރުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންވެސް ބައިވެރކުރުމަށް ވަނީ ނިންމާފައެވެ.

Rate this post