އިނގިރޭސިވިލާތުގެ ޗެލްސީގައި ހުންނަ އެޑިއުކޭޝަން ފަސްޓްގެ އިސްވެރިންނާއި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

އިނގިރޭސި ވިލާތުގެ ޗެލްސީގައި ހުންނަ “އެޑިއުކޭޝަން ފަސްޓް” (އީ.އެފް) ގެ އިސްފަރާތްތަކާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިމަހުގެ 24 ވަނަ ދުވަހުން 28 ވަނަ ދުވަހަށް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިޝްތިހާރު Below Header ad

އީ.އެފް އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުންޏެވެ. 1965 ވަނަ އަހަރު ވުޖޫދުވެފައިވާ މި ކުންފުންޏަކީ މިހާރުވެސް 50 ޤައުމެއްގައި 500 ސްކޫލް ހިންގަމުންއަންނަ ކުންފުންޏެކެވެ. 500،43 އަށްވުރެ ގިނަ މުއައްޒަފުން އެކުންފުންޏަށް ނިސްބަތްވާ އީ.އެފް ގެ 15 ގްލޯބަލް ޑިވިޝަންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާއިރު، އެތައް މިލިއަން ދަރިވަރުންނަކަށް ވަރލްޑް ކްލާސް ތައުލީމު ފޯރުކޮށްދިނުމުގައި މި ކުންފުނިންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އީ.އެފް ގައި ކިޔަވާދިނުމަށް 300އަށް ވުރެ ގިނަ ލިންގުއިސްޓުންނާއި، ޑިޒައިނަރުން އަދި ޑިވެލޮޕަރުންނާއި، ޓީޗަރ ޓްރެއިނަރުން ހަރަކާތްތެރިވެއެވެ. އީ.އެފް ގެ ޚާއްސިއްޔަތަކަށް ވެފައިވަނީ ޓެކްނޮލޮޖީގެ އެހީގައި ބަހެއް އުނގެނުމަށް ބޭނުންކުރެވޭ ގޮތްތައް އިތުރަށް ތަރައްގީކުރުމެވެ.

އީ.އެފްގެ އިސްވެރިންނާއިއެކު މިނިސްޓަރ ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެހި، އިސްލާމް، ޤުރުއާން އަދި އަރަބި ބަސް ނޫން އެހެން ހުރިހާ މާއްދާތަކަކީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށްވާތީ، ހުރިހާ މާއްދާއެއްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މުދައްރިއްސުން ފުރިހަމަ ރީތި އިނގިރޭސިބަހުން މުއާމަލާތުކުރުމަށް އިތުރަށް ތަމްރީނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުރައްވާ ކަމަށާއި އިނގިރޭސި ބަސް ކިޔަވައިދެއްވާ ޓީޗަރުންގެ އިތުރުން ދިވެހި، އިސްލާމް، ޤުރުއާން އަދި އަރަބި ބަސް ފިޔަވާ އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެއްވާ ޓީޗަރުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އީ.އެފް އާއި ގުޅިގެން ހިންގުމަށް މަޝްވަރާކުރެވި ޕްލޭން ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އީ.އެފް ގެ ފަރާތުން މިނިސްޓަރ އާއި ހިއްސާކުރެއްވިއެވެ.

އިނގިރޭސި ވިލާތުގެ ޗެލްސީގައި ހުންނަ އީ.އެފް ގެ މައި އޮފީހުގައި އޮތް މި މަޝްވަރާތަކަށްފަހު، އީ.އެފްގެ މައި އޮފީހާއި  އީ.އެފް ގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދާ “ހަލްޓް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލް”އަށް ވަޑައިގެން އެ ސްކޫލް ބައްލަވާލައްވާ، އެތަނުގައި އީ.އެފް ގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދަވާ ގޮތުގެ މައުލޫމާތު ހޯއްދެވިއެވެ.

އީ.އެފް އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މެދު ވެވޭ އެއްބަސްވުމުގެ ދަށުން މުދައްރިސުންގެ އިނގިރޭސި ފެންވަރު މަތިކުރުމަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް ހިންގުމަށް، ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް އީ.އެފްގެ އިސްވެރިންގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެހި އެޑިއުކޭޝަން މިނިސްޓްރީ އާއި އީ.އެފް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުމާއިއެކު، ވީ އެންމެ އަވަސް ފުރުސަތެއްގައި ތަމްރީން ޕްރޮގްރާމްތައް ފެށިގެންދާނެއެވެ.

އީ.އެފް ގެ އިސްވެރިންނާއި އެކު މިނިސްޓަރ އާއިޝަތު ޝިހާމް ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއުއާއި އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސްގެ ހެޑް އާމިނަތު ނަމްޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.