
ދިވެހިރާއްޖޭގެ ކްރިކެޓް ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ޓީމަކަށް ކުޅެނީ..
ދިވެހިރާއްޖޭގެ ކްރިކެޓް ކުޅުންތެރިއަކަށް ފުރަތަމަ ފަހަރަށް ރާއްޖޭއިން ބޭރުގެ ޓީމަކަށް ކުޅުމުގެ ފުރުޞަތު ލިބިއްޖެއެވެ.
ދިވެހި ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހުސެން އިބްރާހިމަށް ލިބިފައިވަނީ މެލޭޝިއާގެ ސްޓޭޓް ކްރިކެޓް ޓީމެއް ކަމަށްވާ ޕެނަންގެ ސްޓޭޓަށް ކުޅުމުގެ ފުރުޞަތެވެ.
ދާދި ފަހުން މެލޭޝިއާގެ ޤައުމީ ކްރިކެޓް ޓީމާއެކު ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޙަސަން ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މި ފުރުޞަތު ލިބުނު އިރު، މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދަޢުވަތަކަށް މިދިޔަ މަހު 29 އިން މިމަހުގެ 10 ވަނަ ދުވަހަަށް 23 އަހަރުން ދަށުގެ ދިވެހި ޤައުމީ ކްރިކެޓް ޓީމުވަނީ އެޤައުމުގެ ގައުމީ ޓީމާއި 7 މެޗެއް ކުޅެފައެވެ.
ކްރިކެޓް ކޮންޓްރޯލް ބޯޑު އޮފް މޯލްޑިވްސް އިން ބުނީ އަންނަ ހަފުތާގެ ތެރޭގައި ޙަސަން މެލޭޝިއާގެ ޓީމާއި ގުޅޭނެ ކަމަށާއި ޙަސަންގެ ފުރަތަމަ މުބާރާތަކަށް ވާނީ އެ ޤައުމުގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ޕެނަންގެ ކުޅޭ މުބާރާތް ކަމަށެވެ.
އެ ބޯޑުން ބުނީ އެ މުބާރާތުގައި ޙަސަން ދައްކާ ކުޅުމަށް ބަލައި، ކޮންޓްރެކްޓް އާކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއީ ދިވެހި ކްރިކެޓުގެ ތާރީޚުގައި ރާއްޖޭގެ ކުޅުންތެރިއެއް ބޭރުގެ ކުލަބަކަށް ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާ އިރު، ޙަސަން އަށް މިލިބުނު ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ރާއްޖޭގެ ނަން ދަމަހައްޓާ، ޙަސަންގެ މުސްތަޤުބަލް އުޖާލާ ކުރުމަށާއި ކޮންމެ ތަނެއްގައި ހުއްޓަސް ދީނީ ކަންކަމަށް އިސްކަންދިނުމަށް އެޓޯލްމިއުސްގެ ފަރާތުން ނަޞޭޙަތްތެރިވަމެވެ.



